'ވިނަރެސް' ހައުސިންގ މަޝްރޫއިން އެޕާރޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުން ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރުކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން އެޗްޑީސީއިން މިއަދު ބުނެފައިވަނީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލެވުނު ފުރުޞަތު މިހާރު ވަނީ އިތުރުކުރެވިފައިކަމަށާއި ޝަކުވާ އަދި މިކަމާއި ގުޅޭ ގޮތުން އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 11 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 23:59 ގެ ކުރިން އެ ކޯޕަރޭޝަނުގެ މައިހުޅުމާލެ ހައުސިންގ ޕޯރޓަލް މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވާކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 'ވިނަރެސް' ހައުސިންގ މަޝްރޫއިން އެޕާރޓްމަންޓް ގަތުމަށް ހުޅުވާލެވުނު ފުރުޞަތުގައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މިހާރު ވަނީ އިއުލާނުކޮށްފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވީ މިދިޔަ ސެޕްޓެމްބަރު މަހުގެ11 ވަނަ ދުވަހު އެވެ. ވިނަރެސްގެ 1،344 އެޕާޓްމެންޓަށް ކުރިމަތިލާފައިވަނީ1،413 މީހުންނެވެ. އެޗްޑީސީން އާންމު ކުރި ވަގުތީ ލިސްޓުގައި ވާގޮތުން ޝަރުތުހަމަވަނީ723 މީހުންނެވެ. ބައެއް މީހުން ލިސްޓުން އުނިވި ބައެއް ސަބަބުތަކުގެ ތެރޭގައި ލިޔެކިޔުންތައް ހަމަނުވުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް