ޕްރަބާސްއާ ކައިވެނި ކުރުމާއި ގުޅޭގޮތުން އެންމެ ފަހުން ކްރިތީ ވާހަކަ ދައްކައިފި

ބޮލީވުޑްގައި މިހާރު އެންމެ އަޑުގަދަ ވާހަކައަކީ ޕްރަބާސް އާއި ކްރިތީ ސެނޯންގެ ކައިވެނީގެ ވާހަކަ އެވެ. ދެ ތަރިން ވަރަށް އަވަހަށް އެންގޭޖްވާން އުޅޭކަމަށް އިއްޔެ ރިޕޯޓުކޮށްފައިވެ އެވެ. ދެތަރިންގެ މެދުގައި...

30 Nov 2022 | 06:04

ބޮލީވުޑްގައި މިހާރު އެންމެ އަޑުގަދަ ވާހަކައަކީ ޕްރަބާސް އާއި ކްރިތީ ސެނޯންގެ ކައިވެނީގެ ވާހަކަ އެވެ.

ދެ ތަރިން ވަރަށް އަވަހަށް އެންގޭޖްވާން އުޅޭކަމަށް އިއްޔެ ރިޕޯޓުކޮށްފައިވެ އެވެ. ދެތަރިންގެ މެދުގައި ލޯބީގެ ގުޅުން އުފެދިފައިވަނީ ދާދިފަހުން ޝޫޓިން ނިންމާލި "އާދީޕުރުޝް" ގެ ޝޫޓިން ތެރެއިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދެ ތަރިން އެ ވާހަކަތަކާއި ގުޅޭގޮތުން އެއްޗެއް ނުބުނެ ތިއްބަ އެކަން ޔަގީންކޮށްދޭފަދަ ގޮތަކަށް ވާހަކަ ދެއްކީ މިދިޔަ ހަފްތާގައި ރިލީޒް ކުރި ކްރިތީގެ ފިލްމު “ބޭދިޔާ” ގައި އޭނާ އާއި އެކު ލީޑްރޯލުން ފެނިގެންދިޔަ ވަރުން ދަވަން އެވެ. ވަރުން ބުނީ ކްރިތީގެ ނަން އޮތީ މުމްބާއީން ބޭރުގައި ހުރި އެކްޓަރެއްގެ ހިތުގައި ލިޔެވިފައި ކަމަށެވެ. އޭނާ ހުރީ ދީޕިކާ ޕަދުކޯން އާއި އެކު ފިލްމެއް ކުޅެއް ގޮސް ކަމަށް ބުންޏެވެ. އެއީ ޕްރަބާސްގެ ވާހަކަ އެވެ.

އޭގެ ފަހުން އެ މީހުންނާއި އެކު ފިލްމުގައި މަސައްކަތް ކުރި މީހަކު ވަނީ ދެމީހުން ވަރަށް އަވަހަށް އެންގޭޖްވާން އުޅޭކަމަށް ބުނެފައި އެވެ. މިހުރިހާ ވާހަތަކަކާއި ގުޅިގެން މަޑުން ހުރުމަށް ފަހު އެންމެ ފަހުން ކްރިތީ ވަނީ ޖަވާބުދާރީވެފައިވެ އެވެ.

ކްރިތީ ބުނީ ދެމީހުންގެ ގުޅުމުގައި ލޯބި ނެތް ކަމަށެވެ. ފިލްމު ޕްރޮމޯޝަންގެ ތެރެއިން ޕްރަބާސް މަޖާކުރުމުގެ ގޮތުން އުޅުނު ގޮތުން މީހުންގެ ހިތަށް އެގޮތަށް އެރީ ކަމަށް ކްރިތީ ބުންޏެވެ.

އޭނާ ބުނީ އެންގޭޖްމެންޓު އޮތް ވާހަކަ ހާމަކޮށް، ކައިވެނި އޮތް ތާރީހު ގާތް މީހުން ކަމަށް ބުނެ އެހެން މީހުން ހާމަ ކުރުމުގެ ކުރިން އެ ވާހަކަތަކުގެ ހަގީގަތް ބުނެދޭން ބޭނުންވާ ކަމަށެވެ. ކްރިތީ ބުނީ ޕްރަބާސް އާއި އޭނާ އާއި ދެމެދުގައި ގުޅުމެތް އޮތް ކަމަށް ބުނެ ދައްކަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

ދެމީހުން އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމު "އާދީޕުރުޝް" ގެ ޝޫޓިން މިހާރު ވަނީ ނިންމާލާފައި އެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް