ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބްލޫ އިބްރާހިމް މަނިކު (ސަމަރޭ) އަވަހާރަވެއްޖެ އެވެ.
ސަމަރޭ އަވަހާރަވީ ސިއްހީ ހާލުކޮޅު ގޯސްވެގެން އިންޑިއާގެ ބެންގަލޫރޫގައި ފަރުވާ ދެމުންދަނިކޮށެވެ. އަވަހާރަވީ ހާލުކޮޅު ގޯސްވެގެން އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ.
އިބްރާހީމް މަނިކު އެންމެ ފަހުން އާއްމުކޮށް ފެނުނީ، ބްރޯޑްކާސްޓިން ކޮމިޝަނުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ބްރޯޑްކާސްޓިން އެވޯޑް ހަފުލާގަ އެވެ. އެ ހަފްލާގައި އެމަނިކުފާނަށް ވަނީ ލައިފްޓައިމް އެެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންފަ އެވެ.
އިބްރާހިމް މަނިކު އެންމެ ބޮޑަށް މަޝްހޫރުވީ ރާއްޖޭގެ ބްރޯޑްކާސްޓިން ހިދުމަތް ކުރިއަރުވަން ކުރެއްވި މަސައްކަތާއި ގުޅިގެންނެވެ. އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އަޑު ކުރިއަރުވަން ބުރަ މަސައްކަތްތަކެއް ކުރައްވާފައި އެވެ.
އިބްރާހީމް މަނިކު ބްރޯޑްކާސްޓިންގެ ހިދުމަތާ ގުޅިވަޑައިގަތީ، އިބްރާހީމް ނާސިރުގެ ރައީސްކަމުގައި 1974 ވަނަ އަހަރު "ރޭޑިއޯ މޯލްޑިވްސް" ގެ އިނގިރޭސި ސެކްރެޓަރީއެއްގެ ގޮތުގަ އެވެ.
އިބްރާހިމް މަނިކު އިންފޮމޭޝަން މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް