އަންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރަން ނިންމަވައިފި އެވެ.
އެކަން ނަޝީދުގެ އަރިސް ބޭފުޅަކު ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފައި އެވެ.
ނަޝީދަށް ދާއީދު ކުރާ އެމްޑިޕީ މީހުންނަށް ހާއްސަކޮށް "އަންނި ޕްރައިމަރީ" ގެ ނަމުގައި ވަނީ ވަޓްސްއެޕް ގްރޫޕެއްް ހަދާފައި އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސްކްރީން ޝޮޓުތަކުގައި ބުނެފައިވާގޮތުގައި އެއީ ނަޝީދަށް ޕްރައިމަރީ ޔަގީން ކުރަން ހެދި ގްރޫޕެކެވެ.
ނަޝީދުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ގދ. ތިނަދޫގައި އެވެ.
ނަޝީދުގެ އިތުރުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާކަން އިއުލާނު ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެކަމަކު އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބާއްވާ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް