ފީފާ ވޯލްޑް ކަޕް 2022 ގެ ގުރޫޕް ބީ ގައި ކުޅުނު ފަހު މެޗުތަކުން މޮޅުވެ އިންގްލެންޑާއި އެމެރިކާ މުބާރާތުގެ ދެވެނަ ބުރަށް ދަތުރު ކޮށްފިއެވެ.
އިންގްލެންޑް ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ރޭ ބައްދަލުކުރީ ވޭލްސް އާއެވެ. މި މެޗު 0-3 އިން ކާމިޔާބު ކުރީ އިންގްލެންޑުންނެވެ. އަދި އެމެރިކާ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ރޭ ބައްދަލުކުރީ އީރާން އާއެވެ. މި މެޗު 0-1 އިން ކާމިޔާބު ކުރީ އެމެރިކާއިނެވެ.
މި ދެޓީމު ވެސް ފަހު މެޗުތަކުން މޮޅުވެ ދެވަނަ ބުރަށް ދިޔައިރު، އިންގްލެންޑުން ދެވަނަ ބުރުން ފުރުސަތު ހޯދީ އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ ކުމުލަ ހަތް ޕޮއިންޓާއި އެކު ގުރޫޕު ބީގެ އެއްވަނަ ހޯދައިގެންނެވެ. އަދި އެމެރިކާއިން ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ދެ މެޗުން އެއްވަރު ވެ ޖުމުލަ ފަސް ޕޮއިންޓާއި އެކު ގުރޫޕު ބީގެ ދެވަނަ ހޯދައިގެންނެވެ.
ރޭ ދަންވަރު 12 ޖެހިއިރު ކުޅުނީ ގްރޫޕް ބީގެ މެޗުތަކުގެ ތެރެއިން އެމެރިކާއިން އިރާންގެ މައްޗަށް ކުރި ހޯދިއިރު، މެޗުގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެމެރިކާއަށް ކާމިޔާބުކޮށްދިނީ ކްރިސްޓަން ޕުލިސިޗްއެވެ. މި ލަނޑު ޖެހުމަށް އޭނާއަށް އެހީތެރިވެދިނީ ސާޖިނީއޯ ޑެސްޓްއެވެ.
އިންގްލެންޑާއި ވޭލްސް ބައްދަލުކުރި މެޗުން އިންގްލެންޑު މޮޅުވިއިރު، މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އިންގްލެންޑް މޮޅުވީ ދެވަނަ ހާފުގައި ޖެހި ތިން ލަނޑުންނެވެ. ފުރަތަމަ ލަނޑަކީ ހިލޭ ޖެހުމަކުން މަކަސް ރަޝްފޯޑް ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ އެއް މިނެޓު ފަހުން ފިލް ފޮޑެން ލަނޑެއް ޖަހާ އިންގްލެންޑަށް ލީޑު ފުޅާކޮށްދިން އިރު، އިންގްލެންޑުގެ ފަހު ލަނޑު ޖެހީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މާކަސް ރަޝްފޯޑްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް