ކާބޯތަކެތީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް އިންޑިއާއިން ހުށަހެޅި ތިން ހައްލެއް

ކާބޯތަކެތީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް އިންޑިއާއިން ތިން ހައްލެއް ހުށަހަޅައިފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް ބުރޫއަރަމުންދާ މޫސުމަށް އަންނަ ބަދަލުތަކާއ...

29 Nov 2022 | 20:27

ކާބޯތަކެތީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް އިންޑިއާއިން ތިން ހައްލެއް ހުށަހަޅައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް ބުރޫއަރަމުންދާ މޫސުމަށް އަންނަ ބަދަލުތަކާއި، ކޮވިޑް-19 އަދި ކޮންފްލިކްޓްގެ ތިން މައްސަލައަށް އަލިއަޅުއްވާލައްވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވައި، އަމިއްލަ ނަފްސަށް ބަރޯސާވުން އިތުރުކުރުމަށާއި، ދުނިޔޭގެ ފެންވަރުގައި ލިބެން ހުރި ވަސީލަތްތައް އިތުރުކުރުމަށް ޓަކައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލެޓް ހޯދުމަށް ބާރުއެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ފާމަރސް ވެލްފެއަރ އާއި މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ގުޅިގެން އިންޓަރނޭޝަނަލް އިޔަރ އޮފް މިލެޓްސް (އައިވައިއޯއެމް) ފެށުމުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި ދިއްލީގައި ތިއްބެވި ހައިކޮމިޝަނަރުންނާއި ސަފީރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަށް ތިން ގޮންޖެހުމެއް އޭނާއަށް ފެންނަކަމަށެވެ. އެއިން ކޮންމެ ކަމެއްގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށެވެ.

ޖައިޝަންކަރު އިތުރަށް ވިދާޅުވީ ކޮވިޑާއި މޫސުމަށް އަންނަ ބަދަލުތަކާއި ހަމަނުޖެހުންތަކާ ގުޅިގެން މިއަދު ދުނިޔޭގައި މިލެޓްސްގެ މުހިންމުކަން އިތުރުވަމުންދާ ކަމަށެވެ.

ދުނިޔޭގެ އިޤްތިޞާދުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ލާމަރުކަޒީ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އަމިއްލަ ނަފްސަށް ބަރޯސާވުން އިތުރުވުމުގެ އިތުރުން، ޤައުމުގެ ފަރާތުން "ޝައުޤުވެރިކަން" ބޭނުންވަނީ ހަމައެކަނި އަމިއްލަ ނަފްސަށް ޓަކައި ކުރިއެރުވުމުގެ އިތުރުން، އެކަކު އަނެކަކަށް އެހީތެރިވުމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް އަކީ ޕެންޑެމިކަކުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަން މުޅި ދުނިޔެއަށް ހަނދާންކޮށްދޭ ދުވަސްވަރެއް ކަމަށާއި  މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އުފެއްދުންތެރިކަން ދަށްވެ ވިޔަފާރިއަށް ބުރޫ އަރާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގުޅުންތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް އޭނާ ލަފާ ދެއްވި އެވެ.

ޖައިޝަންކަރު ގެ ތަގުރީރުގައި ވިދާޅުވީ އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން މިލެޓް އުފައްދާ ގައުމު ކަމަށާއި ދުނިޔޭގެ އުފެއްދުންތެރިކަމުގެ ގާތްގަނޑަކަށް 20 އިންސައްތަ އަކީ އެ ގައުމު ކަމަށެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޔޫނިއަން އެގްރިކަލްޗަރ މިނިސްޓަރ ނަރެންދުރަ ސިންގް ތޯމަރް ވިދާޅުވީ އިންޓަރނޭޝަނަލް އިޔަރ އޮފް މިލެޓްސް (އައިވައިއޯއެމް) 2023 ގެ ސަބަބުން ދުނިޔޭގެ އުފެއްދުންތެރިކަން އިތުރުކޮށް، އެފިޝިއަންޓް ޕްރޮސެސިންގ އަދި ކްރޮޕް ރޮޓޭޝަންގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް މީނާކާޝީ ލޭކީ، ސެކްރެޓަރީ ފޮރ އިކޮނޮމިކް ރިލޭޝަންސް ދަމްމޫ ރަވީ، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ސެކްރެޓަރީ (ހުޅަނގު) ސަންޖޭ ވަރުމާއަދި ދިއްލީގައި ތިއްބަވާ ގާތްގަނޑަކަށް 100 އެއްހާ ހައިކޮމިޝަނަރު/އެމްބެސެޑަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް