މިރޭ އައި ބިންހެލުމެއްގެ އަސަރު ގއ. އަތޮޅަށް ކޮށްފިއެވެ.
މެޓުން ބުނެފައިވަނީ މިރޭ ދަންވަރު ގއ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއްގެ އައި ކަމުގެ ރިޕޯޓުތައް ލިބުނު ކަމަށާއި ބެލި ބެލުމުން ގދ. ކާޑެއްދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑްކުރާ މީޓަރަށް މިރޭ ދަންވަރު 12:11 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ރެކޯޑުކުރެވިފައިވާކަމަށެވެ.
"މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެކަމަށް ލަފައެއް ނުކުރެވޭ" މެޓުން ބުނެފައިވެއެވެ.
މި ލޮޅުމަކީ އިންޑިއާގެ ނިއުދިއްލީއަށް އައި ބިންހެލުމާއި ގުޅޭ ލޮޅުމެއްކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވީނަމަވެސް ދުވަހަށް މައުލޫމާތުދެމުން މެޓުން ބުނެފައިވަނީ އިތުރު ބިންހެލުމަކާ މި ލޮޅުމާ ގުޅުމެއްވާކަން ފާހަގަކުރެވިފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް