ޢިންޑިއާއަށް ބޭސް ފަރުވާއަށް ގޮސް ޢުޅެނިކޮށް ގެއްލުނު ދިވެހި މީހާ ފެނިއްޖެ އެވެ.
ގެއްލިގެން ޙޯދަމުން ދިޔައީ ރ. މީދޫ ޢަތަމާގޭ އަލީ އިބްރާހިމް (އައްޔަބެ) އެވެ. އޭނާ ހަބަރެއް އެންމެ ފަހުންވީ އިއްޔެ ފަތިހު 5:30 ހާއިރު ކަމަށްވެ އެވެ.
އައްޔަބެގެ ދަރިފުޅު ސޯޝަލް މީޑީއާގައި މީގެ ގަޑިއެއްހާއިރު ކުރިން ބުނެފައިވާ ގޮތުގައި ބައްޕަ ވަނީ ފެނިފައި އެވެ. އަދި ފެނުނީ ހެޔޮހާލުގައި ހުއްޓައި ކަމަށް ބުނެފައިވެ އެވެ.
އާއިލާއިން ވަނީ ބައްޕަ ހޯދަން އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކޮށްފައި އެވެ. އިތުރު އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.
އައްޔަބެ ހޯދުމަށް ދިވެހި ބަހާއި، މަލަޔާލަމް ބަހުންނާއި އިނގިރޭސި ބަހުންވެސް ޓްރިވެންޑްރަމްގައި ޕޯސްޓުތައް ދައުރުކޮށްފައިވެ އެވެ..
އިންޑިއާއަށް ބޭސް ފަރުވާއަށްދާ މީހުން ގެއްލިގެން މިފަދަ ހާދިސާތައް މީގެ ކުރިންވެސް ބައެއް ފަހު ހިނގާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް