ރޭގަނޑު ވަކީން ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ -
އަލިހުރަސް ކަނޑުތެރެއިން ބޮޔެއް އޮޔާދާތީ، ދަތުރުވެރިން
ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފްއިން ބުނެފައިވަނީ މިބޮއި
އޮޔާދަނީ އަލިހުރަސް ކަނޑުތެރެއިން ވާދޫ ކަނޑާ ދިމާލަށް ހުޅަނގުން އިރަށް ކަމަށެވެ.
"އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ
ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަމު"
އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ
ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެމްއެންޑީއެފްއިން
އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް