މިއަދު ހުށަހެޅި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް މުޢިއްޒު

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ހުށަހެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވ...

30 Oct 2025 | 13:21
ދައުލަތުގެ ބަޖެޓު 2026 -

ދައުލަތުގެ ބަޖެޓު 2026 -

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު

ހުށަހެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ

ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ހުށަހެޅި ބަޖެޓާއި

ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައެވެ.

"ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިޔަން

ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާނުލާ 2026 ވަނަ އަހަރުގެ ބަޖެޓަކީ

55 ބިލިއަން ރުފިޔާ" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އެ ވިދާޅުވި ޢަދަދު ހިމަނާނަމަ މިއަދު

ހުށަހެޅި ބަޖެޓަކީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރުވެސް

އެކަން ފާހަގަކުރެއްވިއެވެ.

ވަޒީރުވެސް ވިދާޅުވީ މި ސަރުކާރަށް ވާރުތަވި ސުކޫކާއި

ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ

ބަޖެޓެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް