އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް -
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އެފްއޭއެމްގެ
ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
އިއްވައިފިއެވެ.
މި ހުކުމް އިއްވާފައިވަނީ އެފްއޭއެމްގެ 10 ހާސް އެމެރިކާ
ޑޮލަރަށް ޚިޔާނަތްތެރިވެ، އެ ފައިސާ ލޯންޑާ ކޮށްފައިވާކަމުގެ ކުށް ސާބިތުވުމުންނެވެ.
ހުކުމާއެކު 154،000 ރުފިޔާއިން ޖޫރިމަނާވެސް
ކޮށްފައިވެއެވެ.
މިއަދު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު
ރައީސްގެ މަޤާމުގައި ހުރިއިރު ފީފާއިން 2018 ވަނަ އަހަރު އެފްއޭއެމްއަށް ޖަމާކުރި
ފައިސާގެ ތެރެއިން 10 ހާސް ޑޮލަރު ބޭންކަށް ލިޔެކިޔުންތަކެއް ހުށަހަޅައި، ބައްސާމްގެ
އެކައުންޓަށް ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ކުށް މީގެ ކުރިން
ސާބިތުވެ އެ ދައުވާއާއި ގުޅިގެން މި މަހުގެ އަށެއްގައި ހަތަރު އަހަރުގެ ޖަލު
ހުކުމެއްވެސް އިއްވާފައިވެއެވެ.
މިއަދު ސާބިތު އެވީ އެ ފައިސާ ލޯންޑާ ކުރިކަމުގެ
ދައުވާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް