ޣައްޒާ މަސްރަޙް: ވަރުގަދަ ހަމަލަތަކެއްގައި ސަތޭކައެއްހާ މީހުން ސަހީދުކޮށްލުމަށްފަހު އިސްރާއީލުން ބުނަނީ "ވީ އަރ ބެކް އޮން ސީޒްފަޔަރ" ކަމަށް

ޣައްޒާ މަސްރަޙްގެ މި ޚަބަރު ދުވަހުން ފަށަން މި ޖެހެނީ އިއްޔެ ޣައްޒާއަށް އިރު އެރިއިރު ހިނގި ކަމަކާއި ހަމައިންނެވެ. ވަރުގަދަ ހަމަލަތެއް އިއްޔެ ރެއިންއ ފެށިގެން ދީފައިވާއިރު ހަމަލަތައް ހުއްޓާލިކަން އެނގ...

30 Oct 2025 | 04:44
ހަމަލައެއް އަމާޒުވި އެއް ސަރަހައްދު - އޭޕީ ފޮޓޯ: އަބްދުލް ކަރީމް ހަނާ

ހަމަލައެއް އަމާޒުވި އެއް ސަރަހައްދު - އޭޕީ ފޮޓޯ: އަބްދުލް ކަރީމް ހަނާ

ޣައްޒާ މަސްރަޙްގެ މި ޚަބަރު ދުވަހުން ފަށަން މި

ޖެހެނީ އިއްޔެ ޣައްޒާއަށް އިރު އެރިއިރު ހިނގި ކަމަކާއި ހަމައިންނެވެ.

ވަރުގަދަ ހަމަލަތެއް އިއްޔެ ރެއިންއ ފެށިގެން ދީފައިވާއިރު

ހަމަލަތައް ހުއްޓާލިކަން އެނގުމުން ހަމަލައެއް އަމާޒުވި ޓެންޓެއްގެ ކައިރިއަށް

އާންމުން އެއްވި އިރު ސުންނާފަތިވެފައިވާ ޓެންޓެއްގެ ކައިރީގައި ބްލޭންކެޓެއްގައި އޮތީ

ފުރާނަ ނެތް ތުއްތު ކުއްޖަކު އޮތްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހަމާސް އިން ޣައްޒާގެ އެތެރޭގައި އިސްރާއީލުގެ

ފައުޖުގެ އޮފިސަރަކަށް ހަމަލަދީ މަރާލި ކަމަށް ބުނެ އަދި ހަމަ އެހެންމެ އަސީރުންގެ

ބާކީ ހަށިތައް ހަވާލުކުރުން ހަމާސް އިން ގަސްތުގައި ލަސްކުރަނީ ކަމަށްބުނެ އިސްރާއީލުގެ

ނަތަންޔާހޫ ރޭ ނޫން ކުރީ ރޭ އިސްރާއީލުގެ ފައުޖުތަކަށް އެންގީ ވަރުގަދަ ހަމަލަތަކެއް

ޣައްޒާއަށް ދިނުމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ނަތަންޔާހޫގެ އެ އެންގުމަށް

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އެކި ސަރަހައްދުތަކަށް މަދުވެގެން 30

ހަމަލައެއް ދިނެވެ.

ޣައްޒާގެ ޞިއްޙަތާއިބެހޭ ވުޒާރާއިން

ބުނެފައިވާގޮތުގައި އެ ހަމަލަތަކުގައި 104 މީހަކު ސަހީދުވެ 253 މީހަކު ޒަޚަމްވި

އެވެ. ސަހީދުވި މީހުންގެ ތެރޭގައި 20 އަންހެނަކާއި 46 ކުޑަކުދިން ހިމެނޭ

ކަމަށްވެސް ބުނެފައިވެއެވެ.

އެ ހަމަލަތަކަށްފަހު އިސްރާއީލުން މިހާރު ބުނަފައިވަނީ

އަލުން އަނބުރާ ސުލްހައިގެ އެއްބަސްވުމަށް ރުޖޫއަވީކަމަށާއި އަދިވެސް ހަމާސް އިން

ގޯހެއް ހަދައިފިނަމަ ވަރުގަދަ ހަމަލަތަކެއް އަމާޒުވާނެ ކަމަށެވެ.

އިސްރާއީލުގެ އެ ހަމަލަތަކަށް އެމެރިކާއިންވެސް

ތާއީދު ކުރެއެވެ. އެގޮތުން އެމެރިކާއިން ބުނެފައިވަނީ ގޯސްހެދީ ހަމާސްއިން

ކަމަށާއި އިސްރާއީލުގެ އެ ހަމަލަ އެ ދިނީ ދިފާއުގައި ކަމަށް ބަލާ އެ އުޒުރު

ބަލައިގަނެވޭ ކަމަށެވެ.

އިއްޔެ ރެއާއި އިއްޔެ އަދި ރޭގެ އެ ހަމަލަތަކަކީ މި

މަހުގެ 10 ގައި ސުލްހައިގެ އެއްބަސްވުމުގެ ދަށުން ހަމަލަތައް ހުއްޓާލިފަހުން ދިން

އެންމެ ވަރުގަދަ ހަމަލަތަކެވެ.

ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ މަރްޙަލާ އަދި

ނުނިމި ލަސްވަނީ އަސީރުންގެ ހަށިތައް އިސްރާއީލަށް ހަވާލު ނުކުރެވޭތީއެވެ. އަދި 13

މީހެއްގެ ހަށިތައް ނުވަތަ ހަށިތަކުގެ ބައިތައް އިސްރާއީލާއި އަދި

ހަވާލުކޮށްފައިނުވާއިރު ހަމާސްއިން ބުނެފައިވަނީ އެ ހަށިތައް ގާކުނޑިތަކާއި

ފަސްތަކުގެ ދަށުގައި ވާކަމަށް ބެލެވޭތީ ދަތި އުނދަގޫތައް އެބަ ހުރި ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްވެ އެކުލަވާލާފައިވާ،

މައިގަނޑު 20 ކަމެއްގެ މައްޗަށް އެކުލެވޭ ސުލްހައިގެ މަގުޗާޓުގައި ދެވަނަ

މަރުޙަލާގެ މަޝްވަރާތައް ފަށަން ތައްޔާރުވަމުން އަންނައިރު އެ މަރުޙަލާގައި ހަމާސް

އިން ހަތިޔާރާއި ޣައްޒާގެ އިދާރީ ބާރު ދޫކޮށްލުން ހިމެނޭއިރު ހަމަ އެ މަރުޙަލާގައި

އިސްރާއީލު ފައުޖުތައް މަޑުމަޑުން ޣައްޒާ ބިމުން ފަހަތަށް ޖެހުންވެސް އަންނާނެ

ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް