އަންހެނަކަސް ފިރިހެނަކަސް ހަށިގަނޑު ހާމަކޮށްގެން ގައުމަށް ލިބޭނެ އުފަލެއް ކާމިޔާބެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހި ކަނބަލަކު މިސް ޔުނިވާސް ރީތީގެ ރާނީ ހޮވާ މުބާރާތުގައި ބައިވެރިވުމާއެކު އުފެދިފައިވާ ހަލަބޮލިކަމުގެ ތެރޭގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވެފައިވަނީ ފިރިހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެން ނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދީނާއި ގައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް، އުފަލެއް، ކާމިޔާބެއް ނެތްކަމަށެވެ.
وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ." ރައީސްގެ ޕޯސްޓްގައި ދެން ހިމަނާފައިވަނީ މި އާޔަތާއި އާޔަތުގެ މާނައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް