މިސް ޔުނިވާސް 2024 ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި މޮޑެލް، މަރިޔަމް ޝައިނާ ނަސީމަށް ދަ ޑިމޮކްރެޓްސް ޕާޓީއިން މަރުހަބާއާއި ތަހުނިޔާ ރައްދުކޮށްފިއެވެ.
އެގޮތުން އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އެންމެ އެވޭލާ ތާރީހާއި މެދުތެރޭގެ ތާރީހާހަމައަށް އަންހެނުންނަށް ވަރަށް ބާރުވެރިކަން ލިބިދެވިފައި އޮތުމަށްފަހު، އެކަން ހިސާބަކަށް ބަދަލުވެ، ސުމުއްވުލް އަމީރު މުޙައްމަދު އަމީން އަލުން ދިވެހި އަންހެނުން ކުރިއަށް ނެރުއްވަން ފެއްޓެވި ހިސާބުން ފެށިގެން ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރިކުރުމުގެ ވަކާލާތު ދަނީ ހިންގެމުން ކަމަށެވެ.
ފިރިހެނުންނަށް އޮންނަ ކޮންމެ ފުރުސަތެއް އަންހެނުންނަށްވެސް ލިބިދިނުމަކީ ދެން މިރާއްޖޭގައި އެއާ އިންކާރުކުރެވި ދެކޮޅުހެދޭނޭ ކަންކަމެއް ނޫންކަން ހާމަކޮށް އެ ޕާޓީއިން ބުނެފައިވަނީ އަދި އަމުދުން ރާއްޖެ އަނބުރާ އައިކޮޅަށް ފަހަތަށް ގެންދިޔުމަކީ އެއްވެސް ވަޒީރަކަށްވެސް، އެއްވެސް ވެރިޔަކަށްވެސް އޮތް ބާރެއް، އޮތް އިހުތިޔާރެއްވެސް ނޫން ކަމަށެވެ.
މިސް ޔުނިވާސް 2024 ގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ މަރިޔަމް ޝައިނާ ނަސީމަށް ދަ ޑިމޮކްރެޓްސް އިން ނުހަނު މަރުހަބާއާ ތަހުނިޔާ ދަންނަވައި ބުނެފައިވަނީ ކަމަނާ ތިޔަ ނުކުންނަވަނީ ދިވެހިރާއްޖެއަށް ވަރަށް ފަހުރުވެރި ނަމެއް ހޯއްދަވައި ދެއްވުމަށް ކަމަށާއި ފުރިހަމަ ކާމީޔާބީއަށް އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް