މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ވައުދު މި ސަރުކާރުން ފުއްދާނެ: ވަޒީރު ޝިޔާމް

މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ވައުދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަމުގައިވާއިރު އެ ވައުދު މި ސަރުކާރުން ފުއްދާނެކަމުގައި މަސްވެރިކަމާއި ކަނޑުގެ...

30 Oct 2024 | 05:00

މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ވައުދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަމުގައިވާއިރު އެ ވައުދު މި ސަރުކާރުން ފުއްދާނެކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަރަދޫ ދާއިރާގެ މެންބަރު އަހްމަދުދީދީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު ކުރެއްވި ސުވާލަކީ، މި ސަރުކާރުން މަހުގެ އަގު ދަށްކުރީ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޭނެކަމަށް ވައުދުވުމަށްފަހުގައި ކަމަށާއި އެ ވައުދު ފުއްދޭނީ ކޮންއިރަކުތޯ؟ އެވެ.

ޖަވާބުގައި ވަޒީރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި، ދުނިޔޭގެ މާކެޓްގެ އަގުތަކަށްވެސް ބެލުމެއްނެތި ކުރީގެ ސަރުކާރުން މަހުގެ އަގު 17 އިން 25 އަށް ބޮޑުކުރުމުގެ ސަބަބުން، މި ސަރުކާރު ވެރިކަމަށް އައި އިރު 250 މިލިޔަން ރުފިޔާގެ ބެކްލޮގެއް އޮތް ކަމަށެވެ. އަދި މިހާރު އެ ބެކްލޮގް ކްލިއާ ކުރެވި މިހާރު ދޭންޖެހޭ ފައިސާވެސް މާދަމާގެ ހަމައަށް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިވަގުރު ރާއްޖޭގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއަކީ 8500 ޓަނު ކަމުގައިވާއިރު މި ސަރުކާރު ނިމޭއިރު އެ ކެޕޭސިޓީ 25 ހާސް ޓަނަށްވުރެ މަތީގައި ހުންނާނެކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް