މިސް ޔުނިވާސްގައި ބައިވެރިވެފައިވާ ދިވެހި މޮޑެލް، އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމް އެ މުބާރާތުގައި ބައިވެރިވުން ހުއްޓުވައިދިނުމަށް ޝައިޚް އަބްދުއްސަލާމް ގޮވާލައްވައިފިއެވެ.
ޝައިޚް މިކަމަށް ގޮވައިލެއްވީ ދާރިސް ޓީވީއިން މިރޭ ދެއްކި އިލްމީ ޚަޒާނާ ޕްރޮގްރާމްގައި، ޕްރޮގްރާމްގެ ހޯސްޓް އަލީ ރަމީޒް ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޝައިޚް އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ ގުނަވަންތައް ދައްކަން ނިކުންނަން ނިކުންނަ ނިކުތުމަކީ މުއުމިނުންގެ މެދުގައި ފާހިޝް އަމަލު ފެތުރުމަށް ލޯބިކުރާ ލޯބިކުރުންތެރޭގަ ހިމެނިގެންދާނެ ކަމަށެވެ.
"މިކަން ހިންގާ ފަރާތްތަކަށް ކަމާ ގުޅޭ މުއައްސަސާތަކަށް، ކޮމްޕެނީއެއްވިޔަސް ރާއްޖޭގަ މިފަދަ ފާހިޝްކަމަކަށް މަގުފަހިވެގެންދާ ދިއުން ހުއްޓުވަންޖެހޭ" ޝައިޚް ވިދާޅުވިއެވެ.
ބޮޑު ފާފައެއްގެ ގޮތުގައި ސިފަކުރައްވަމުން ޝައިޚް ވިދާޅުވީ މިކަމުން ނިގުޅައިގެނެވެނީ ސައްތައިން ސައްތަ ދިވެހި ގައުމުގެ އެންމެހާ މުސްލިމް ދިވެހިންގެ ހަގު ކަމަށެވެ.
ދައުލަތުން މިކަން ހުއްޓުވައިދިނުމަށް ޝައިޚް ތަކުރާރުކޮށް ގޮވައިލެއްވިއެވެ. ދިވެއްސަކު ފުރަތަމަ ފަހަރަށް މިވަނީ މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވެފައެވެ. މިސް ޔުނިވާސް 2024 ގައި ބައިވެރިވެފައިވަނީ ދިވެހި މޮޑެލް، އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ.
https://www.facebook.com/watch?v=1927425441102065
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް