ރީތީގެ މުބާރާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ ވަރަށް ހަޑިމުޑުދާރުކަމެއްގެ ގޮތުގައި އަލީ ރަމީޒް ސިފަކުރައްވައިފިއެވެ.
އަލީ ރަމީޒް އެގޮތަށް ސިފަކުރެއްވީ ދާރިސް ޓީވީގައި މިރޭ ކުރިއަށްދިޔަ އިލްމީ ޚަޒާނާ ޕްރޮގްރާމްގެ ހޯސްޓެއްގެ ގޮތުގައި އިނދެ، އެކަމާއި ގުޅޭގޮތުން ޝައިޚް އަބްދުއްސަލާމް ދާއޫދާއި އެކަމާއި ގުޅޭގޮތުން ސުވާލު ކުރަމުންނެވެ.
"އިވިގެން މިދިޔަ ޚަބަރަކީ ރާއްޖެއިން ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގަ ބައިވެރިވި ޚަބަރު. ރާއްޖޭގަ މިކަން ހިންގާ ކުންފުންޏަކުން މިކަން މިއޮތީ މަގުފަހިކޮށްދީފަ ކޮންމެއަކަސް. އަޅުގަނޑަށް މިކަން މި ސިފަ ކުރެވެނީ ވަރަށް ޢައިބު ވަރަށް ހަޑިމުޑުދާރު ކަމެއްގެ ގޮތުގަ" އަލީ ރަމީޒް ބުނެފައިވެއެވެ .
ދިވެއްސަކު ފުރަތަމަ ފަހަރަށް މިވަނީ މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވެފައެވެ. މިސް ޔުނިވާސް 2024 ގައި ބައިވެރިވެފައިވަނީ ދިވެހި މޮޑެލް، އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް