ލުބުނާނު ފަޅިން އިޒްރޭލަށް ދެމުން އަންނަ ހަމަލާތައް އާ ހަރުފަތަކަށް

އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށުމާއެކު ލުބުނާނު ފަޅިން ހިޒްބުﷲ އިން އިޒްރޭލަށް ދެމުން އަންނަ ހަމަލާތައް އާ ހަރުފަތަކަށް މިއަދު ގެންގޮސްފައިވާކަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އެގޮތުން މިއަދ...

30 Oct 2023 | 11:01

އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށުމާއެކު ލުބުނާނު ފަޅިން ހިޒްބުﷲ އިން އިޒްރޭލަށް ދެމުން އަންނަ ހަމަލާތައް އާ ހަރުފަތަކަށް މިއަދު ގެންގޮސްފައިވާކަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެގޮތުން މިއަދު ފުރަތަމަ ފަހަރަށް ހިޒްބުﷲއިން ސަރފޭސް ޓު އެއާ މިސައިލް (ސޭމް) ހަމަލާއެއް އިޒްރޭލުގެ ޑްރޯނަކަށް އަމާޒުކޮށް އެ ޑްރޯން ވައްޓާލާފައިވެއެވެ.

މީގެ ކުރިން ހިޒްބުﷲއިން ދެމުންދިޔައީ ބެރޭޖް ރޮކެޓް ހަމަލާތަކެވެ. މިއަދު ސޭމް ހަމަލާއެއް ދީފައިވާއިރު އިޒްރޭލުން ހަނގުރާމައިގާ ލޮލުގެ ގޮތުގައި ބޭނުންކުރަމުން އަންނަ ޑްރޯނެއް ވަނީ ގޮއްވާލައި ވައްޓާލާފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި މިއީ ހިޒްބުﷲއިން ދެމުން އަންނަ ހަމަލާތައް އާ ހަރުފަތަކަށް ގެންދިއުމެވެ. އަދި މިވަގުތު އިޒްރޭލުން ޣައްޒާއަށް ވަދެގަންނަން މަސައްކަތް ކުރާއިރު މިއީ ހިޒްބުﷲއިން ދިން އިންޒާރެއްގެ ގޮތުގައިވެސް މަސްރަހު ދިރާސާކުރާ އެނަލިސްޓުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް