އެމެރިކާއިން އަސްކަރީ ފައުޖެއް އިޒްރޭލަށް ނުފޮނުވާނެ: އެމެރިކާގެ ނައިބުރައީސް

އެމެރިކާއިން އަސްކަރީ ފައުޖެއް އިޒްރޭލަށް ނުފޮނުވާނެކަމުގައި އެމެރިކާގެ ނައިބުރައީސް ކަމަލާ ހެރިސް ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ މިއަދު ސީބީސީ އަށް ދިން އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުގައި ...

30 Oct 2023 | 09:19

އެމެރިކާއިން އަސްކަރީ ފައުޖެއް އިޒްރޭލަށް ނުފޮނުވާނެކަމުގައި އެމެރިކާގެ ނައިބުރައީސް ކަމަލާ ހެރިސް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ މިއަދު ސީބީސީ އަށް ދިން އިންޓަވިއުއެއްގައެވެ.

އެ އިންޓަވިއުގައި އޭނާ ބުނެފައިވަނީ އިޒްރޭލު-ހަމާސް ހަނގުރާމައިގާ އެމެރިކާއިން އިޒްރޭލަށް އަދި ޣައްޒާއަށްވެސް އެމެރިކާގެ އަސްކަރީ ފައުޖެއް ނުފޮނުވާނެ ކަމަށެވެ. އެއީ ޔަގީންކަމެއް ކަމަށެވެ.

އެހެން ނަމަވެސް އިޒްރޭލަށްދިން ހަމަލާގެ ދިފާއުގައި ހަނގުރާމަކުރުމުގެ ހައްގު އިޒްރޭލަށް އޮންނާނެކަން ކަމަލާވެސް ތަކުރާރު ކުރިއެވެ.

ކަމަލާ އިތުރަށް ބުނެފައިވަނީ އިޒްރޭލުން އެއް ހައްގު ބޭނުންކޮށް ހަނގުރާމަކުރިނަމަވެސް ފަލަސްތީނުގެ އާއްމު ރައްޔިތުންނާއި ހަމާސް ހަމަހަމަކޮށްގެން ނުވާނެ ކަމަށެވެ. އަދި އިންސާނީ އެހީއަށްވެސް ފުރުސަތު އޮންނަންވާނެ ކަމަށެވެ.

ކަމަލާ މިހެން ބުނެފައިވާއިރު ފާއިތުވި 24 ދުވަހު އިޒްރޭލުން އަންނަނީ ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް އަށް ހާހަށްވުރެ ގިނަ ޣައްޒާގެ ރައްޔިތުން ޝަހީދުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް