އީވާ އާލާސްކަންފުޅުގައި: މިއަދުވެސް މަޖިލީހުގެ ޖަލްސާ ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުވެސް ސަލާމް ފޮނުއްވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލް ކޮށްފިއެވެ. މިއަދުގެ ޖަލްސާ ކެންސަލްކޮށްފައ...

30 Oct 2023 | 07:16

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުވެސް ސަލާމް ފޮނުއްވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލް ކޮށްފިއެވެ.

މިއަދުގެ ޖަލްސާ ކެންސަލްކޮށްފައިވާއިރު އިއްޔެގެ ޖަލްސާވެސް ހަމަ މި ސަބަބާއިހުރެ ވަނީ ކެންސަލްކޮށްފައެވެ.

އީވާ ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް ޕާޓީން ހާމަކޮށްފައިވާގޮތުގައި އީވާ ވަނީ ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައެވެ.

އީވާގެ ސަލާމާއެކު އިއްޔެގެ އަދި މިއަދުގެ ޖަލްސާ ކެންސަލްވެފައިވާއިރު އިއްޔެއާއި މިއަދަށްވެސް ތާވަލުކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލައެވެ.

އީވާ ނެތި މިހާރު ޖަލްސާތައް ނުބޭއްވި ދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގެ އިތުބާރު ނެތްކަމުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބުނާތީ އެވެ.

މި މައްސަލައިގާ އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވިފައިވާއިރު މިކަމަށް ފަރުވާއެއް ހޯދުމަށް އިއްޔެ އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް