ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކާރެއް ގަންްނަނީ

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ބޭނުމަށް ރަސްމީ ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ މި މަސައްކަތަށް ޝައުގުވ...

30 Oct 2022 | 18:52

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ބޭނުމަށް ރަސްމީ ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް، އެ ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުމަށް އަންގާފައި އެވެ.

އެގޮތުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ‏13‏ ނޮވެމްބަރ‏ 2022‏ (އާދީއްތަ‏) ދުވަހުގެ 10:15 ގެ ކުރިން އެ އިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ފޯމް ހުށަހެޅުމަށް އެ ކައުންސިލުން އެދިފައި ވެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އެ އިދާރާގެ ޖަލްސާކުރާ މާލަމުގައި އަންނަ މަހުގެ ‏14‏ ވަނަ ދުވަހުގެ ދުވަހުގެެ 10:15 އެވެ.

އެ ސިޓީ ކައުންސިލުން ދާދި ފަހުން ވަނީ ޝަހީދު ހުސައިން އަދަމުގެ ހަނދާނީ ބިނާއެއް ކުޅުދުއްފުށީގައި ބެހެއްޓުމަށް ނިންމައި އެ ބިނާ ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަންވެސް އިއުލާނުކޮށްފަ އެވެ.

އަދި އެންމެ ރީތި ޑިޒައިނެއް ހުށަހަޅާ ފަރާތަކަށް5،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް