މައިދައިތަ ލޯބިން ކެޓްރީނާއަށް ކިޔަނީ "ކިއްޓޯ"!

މައިދައިތަ އާއި ފިރިމީހާގެ އާއިލާ މީހުން ލޯބިން އޭނާއަށް ކިޔަނީ ކިއްޓޯ ކަމަށް ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް ބުނެފި އެވެ. މި ދުވަސްވަރު ކެޓްރީނާ އަވަދި ނެތި އުޅެމުންދަނީ އޭނާގެ ފިލްމު "ފޯން ބޫތު" ގ...

30 Oct 2022 | 15:11

މައިދައިތަ އާއި ފިރިމީހާގެ އާއިލާ މީހުން ލޯބިން އޭނާއަށް ކިޔަނީ ކިއްޓޯ ކަމަށް ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް ބުނެފި އެވެ.

މި ދުވަސްވަރު ކެޓްރީނާ އަވަދި ނެތި އުޅެމުންދަނީ އޭނާގެ ފިލްމު "ފޯން ބޫތު" ގެ ޕްރޮމޯޝަންގައި އެވެ. އެ ކަމުގެ ތެރެއިން ގިނަ މީޑިއާތަކަށް އިންޓަވިއު ދެމުންދާއިރު ކައިވެންޏާއި ގުޅޭ ސުވާލުތަކަށްވެސް ކެޓް ކުރިޔާ ހިލާފަށް ދަނީ ޖަވާބު ދެމުންނެވެ.

ކެޓްރީނާ ބުނީ އޭނާއަށް ފިރިމީހާ ވިކީ ކައުޝަލްގެ އާއިލާއިން އޭނާއަށް ކިއްޓޯ ކިޔަނީ ވަރަށް ލޯބިން ކަމަށެވެ. އަދި އެ ނަމުން ގޮވުމުން ވަރަށް އުފާވާ ކަމަށް ކެޓްރީނާ ބުންޏެވެ.

ކެޓްރީނާ މީގެ ކުރިންވެސް ވަނީ އޭނާގެ މައިދައިތަކުގެ ރަނގަޅުވާހަކަ މީޑިއާގައި ދައްކާފައި އެވެ. އަދި ވިކީގެ ބައިންބަފައިން އޭނާގެ އާއިލާ ފުރިހަމަކޮށްދީފައިވާ ކަމަށް ބުންޏެވެ.

ކެޓްރީނާގެ "ފޯނު ބޫތް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މި ފިލްމުގައި އޭނާ އާއި އެކު ފެނިގެންދާނީ އިޝާން ކައްކަރާއި ސިދާންތް ޗަތްރަވެދީ އެވެ. މި ފިލްމުގައި ކެޓްރީނާ އަކީ ޖިންނިއެއް ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް