އިންޑިއާގައި މީހަކު، ކޮށްޓެއްގައި އޮތް ޅަ ބަފަލޯއެއް ރޭޕްކޮށްފި އެވެ.
މިހާދިސާ ހިނގާފައިވަނީ މަހާރާޓްރާ ސްޓޭޓްގެ ޕޫނޭގައި އެވެ. މި މައްސަލައިގަ ތުހުމަތު ކުރެވޭ މީހަކީ 38 އަހަރުގެ ނޭޕާލް މީހެކެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ އެ ސަރަހައްދުގައި އުޅޭ އާންމުންނެވެ. އެމީހުންނަށް ފެނުނު އިރު ފިރިހެން މީހާ ދިޔައީ ބަފަލޯ ބާއްވާފައި އޮތް ކޮށި ތެރެއަށް ވަދެގެން އޭތި ރޭޕް ކުރަމުން ކަމަށް ބުނެފައިވެ އެވެ.
އާންމުން ވަނީ އޭނާ ކޮށިން ނެރެގެން ހޭނެތެންދެން ތަޅާ އަނިޔާކޮށްފައި އެވެ.
ޕޫނޭ ފުލުހުން ބުނީ މިހާރު އެމީހާ އޮތީ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް އެޑްމިޓްކޮށްފައި ކަމަށެވެ. އޭނާ ހައްޔަރު ކުރާނީ ހޮސްޕިޓަލުން ދޫކޮށްލީމައެވެ.
އެމީހާ ހައްޔަރު ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޖަނަވާރުން ރައްކާތެރި ކުރުމާއި ބެހޭ ގާނޫނާއި ހިލާފުވުމުންނެވެ. އަދި ޖިންސީ ގުޅުން ހިންގުން ހުއްދަ ނުކުރާ ގޮތަކަށް ގުޅުން ހިންގުމުގެ ތުހުމަތުވެސް އޭނާ އާއި ދެކޮޅަށް ކުރެ އެވެ.
މިއީ އިންޑިއާގައި ޖަނަވާރުން ރޭޕް ކުރުމުގެ މައްސަލަ ފެންމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރު ތެރޭގައި ދެ ފަހަރެއްގެ މަތިން ގެރި ރޭޕް ކޮށްގެން ދެމީހަކު ހައްޔަރުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް