ފޯޅަވަހީގެ މައްސަލައިގައި އިދިކޮޅުން މިރޭ އިހުތިޖާޖަށް ނިކުންނަނީ

ފޯޅަވަހީގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމް އިން މިރޭ އިހުތިޖާޖަށް ނިކުންނަން ނިންމައިފިއެވެ. ޕީޕީއެމްގެ ޔޫތުވިންގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ފޯޅަވަހި މައްސަލައިގައި ކަންބޮ...

30 Oct 2022 | 11:34

ފޯޅަވަހީގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމް އިން މިރޭ އިހުތިޖާޖަށް ނިކުންނަން ނިންމައިފިއެވެ.

ޕީޕީއެމްގެ ޔޫތުވިންގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ފޯޅަވަހި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނާނީ މިރޭ 8:30 ގައި އެ ޕާޓީ އޮފީސް ކުރިމަތިން ކަމަށެވެ.

މި އިހުތިޖާޖުގެ ބޭނުމަކީ، ފޯޅަވަހި މައްސަލައިގައި ޕީޕީއެމް އިން އޮތީ ދިވެހި ރައްޔިތުންނާއެކުގައިކަން ހާމަކޮށްދިނުން ކަމުގައި ވެސް އެ ޕާޓީން ބުނެފައިވެއެވެ.

”ފޯޅަވައްސަކީ އަޅުގަނޑުމެން ދިވެހީންގެ ތަނެއްކަމަށް ގަބޫލުކުރަމުން އައި ތަނެއް، ދެން އަޑުމިއިވެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކުން އެތަަން ދޫކޮށްލި އަޑު“ ޕީޕީއެމް ޔޫތު ވިންގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޕީޕީއެމް އިން ބުނީ ދިވެހި މަސްކަނޑުތަކުގެ ބޮޑު ބައެއްވެސް ދޫވެގެންދާއިރު، އެ ޕާޓީން ތިބީ އެމަންޒަރު ބަލަހައްޓައިގެން ތިބޭ ގޮތަކަށް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް