އަރުޝަދު ހައްޔަރު ކޮށްގެން ހާޒިރު ކުރަން ނެރުނު އަމުރު ބާތިލު ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

އަރުޝަދު ޚާލިދު ހައްޔަރު ކޮށްގެން ހައިކޯޓަށް ހާޒިރު ކުރަން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ. މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ އަރުޝަދު ހައްޔަރ...

30 Oct 2022 | 09:43

އަރުޝަދު ޚާލިދު ހައްޔަރު ކޮށްގެން ހައިކޯޓަށް ހާޒިރު ކުރަން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ އަރުޝަދު ހައްޔަރު ކޮށްގެން ހައިކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން ނެރުނު އަމުރާ ގުޅިގެން ސުޕްރީމް ކޯޓުން އިސްތިއުނާފު ކުރި އެ މައްސަލައިގައި އެންމެ މަތީ ކޯޓުން މިއަދު ނިންމީ، އަރުޝަދުގެ މައްސަލައެއް ހައިކޯޓުގައި އޮތް ނަމަވެސް އަދި އޭނާ އާއި ލިޔުންތަކެއް ހަވާލުކުރަން ހައިކޯޓުން މަސައްކަތް ކުރިނަމަވެސް އޭނާ ހައިކޯޓަށް ހާޒިރުވާން އަންގައި  އަމުރެއް ހައިކޯޓުން ނެރެފައި ނެތް ކަމަށެވެ.

އެހެންކަމުން އޭނާ ހައްޔަރު ކޮށްގެން ހައިކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން ނެރެފައިވާ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި މިއަދު ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމުގައި އިތުރަށް ބުނެފައިވަނީ ކޯޓަށް މީހަކު ހާޒިރު ކުރުމަށް ހައްޔަރު ކުރުމުގެ އަމުރެއް ނެރެން ޖެހޭނީ އެމީހަކު އަމުރާއި ހަވާލުވުމަށްފަހު ކޯޓަށް ހާޒިރުނުވެއްޖެނަމަ، ނުވަތަ އަމުރު ހަވާލު ކުރަން މަސައްކަތްކޮށް އަމުރާއި ހަވާލު ނުވުމުންކަން ޤާނޫނުން އެނގެން އޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް