މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކް، މިރޭ ދަރުސް ދެއްވާނީ އައްޑު ސިޓީގައި ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ދަރުސް ދެއްވުމަށް، މުފްތީ މިހާރު ހުންނެވީ އައްޑު ސިޓީގައި ކަމަށާއި މި ދަރުހުގެ މައުޟޫއަކީ ”ޕްރޮޑަކްޓިވް މުސްލިމް” މި މައުޟޫޢު ކަމަށެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ދަރުސް އޮންނާނީ ރޭގަނޑު 8.45 ގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މުފްތީ މެންކްގެ މި ދަތުރުފުޅުގައި ވަނީ މާލެއާއި ފުވައްމުލައް ސިޓީގައި ދަރުސް ދެއްވާފަ އެވެ. އަދި ހުޅުމާލޭގައި ދެއްވުމަށް ހަމަޖެހިފައިވާ ދަރުސް އޮންނާނީ 31 އޮކްޓޯބަރު 2022 ސިންތެޓިކް ޓްރެކްގަ އެވެ.
މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް