ހާފިޒުންނާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސްގެ ޚާއްސަ މެޑަލް ޖުމްހޫރީ ދުވަހު ދެއްވަނީ

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ10 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ. ރައީސް އޮފީހުން ބުނީ މި ޖަލްސާ އޮންނާނީ އެރޭ8:30 ގައި ދަރުބާރުގޭގައި ކަމަށެވެ. މިއަހަރުގެ ޖަ...

30 Oct 2022 | 09:15

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ10 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ޖަލްސާ އޮންނާނީ އެރޭ8:30 ގައި ދަރުބާރުގޭގައި ކަމަށެވެ.

މިއަހަރުގެ ޖަލްސާގައިވެސް މަތީ ދަރަޖަ ހޯދާ ފަރާތްތަކާއި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޛުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް، ދެއްވާނެ އެވެ.

މިދިޔަ އަހަރުވެސް މި ދެ ދާއިރާއިން މެޑަލް ދެއްވާފައި ވަނީ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި އެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިފަހަރު ދެއްވުމަށް ހަމަޖައްސަވައިފައިވަނީ، މިއަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައެވެ.

އެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ކޮން ރަސްމިއްޔާތެއްގައިކަން އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް