އަބަދުވެސް ވާހަކަ ދެކެވުނީ ޗާގޯސްގެ ރަށްތައް ބަހަން: ނަޝީދު

އަބަދުވެސް މޮރިޝަސް އާއި އެކު ވާހަކަ ދެކެވުނީ ދެ ގައުމުގެ ދެމެދުގައި ޗާގޮސް ރަށްތައް ބެހުމާއި ގުޅޭގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ޗާގޮސްގެ ސިޔާދަތީ ބާ...

30 Oct 2022 | 06:40

އަބަދުވެސް މޮރިޝަސް އާއި އެކު ވާހަކަ ދެކެވުނީ ދެ ގައުމުގެ ދެމެދުގައި ޗާގޮސް ރަށްތައް ބެހުމާއި ގުޅޭގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމުގެ މައްސަލައިގަ ކުރިން ރާއްޖެ ވަކާލާތު ކުރީ އެ ގައުމާއި ދެކޮޅަށެވެ. އެކަމަކު ކުއްލިއަކަސް ކޮޅު ބަދަލުކޮށް ޗާގޮސް އެއްކޮށް މޮރިޝަސްއަށް ދިނުމަށް ދިވެހި ސަރުކާރުން ވޯޓުދޭން ވަނީ ނިންމާފައި އެވެ.

ޗާގޮސް އަކީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ ރައްތަކެއް ހިމެނޭ އަތޮޅެކެވެ.

ނަޝީދު ރޭ ޓްވިޓާގައި ހިއްސާކުރެއްވި ލިޔުމެއްގައި ވިދާޅުވީ މޮރިޝަސްއާ އަބަދުވެސް ދެކެވުނު ވާހަކައަކީ ޗާގޮސް ރިޖްގެ ރަށްތައް ބަހާ ވާހަކަ ކަމަށެވެ.

ފޯޅަވަހީގެ ސިޔާދަތީ ބާރު އިނގިރޭސިން ދޫކޮށްލާ އިރެއްގައި އެ ރަށުގެ ސިޔާދަތީ ބާރު އެނބުރޭނީ އެ ރަށުގެ އަހުލުވެރިންނަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ފޯޅަވަހީގައި ބަޔަކު ނެތް ކަމަށާއި މީހުން ތިބީ ޑިއޭގޯ ގާސިއާ އަތޮޅުގައި ކަމަށެވެ.

ނަޝީދު ވިދާޅުވީ ފޯޅަވަހި ނަމާއި ރަށްތައް އުފެދިފައިވާ ގޮތަށް ބެލި ނަމަވެސް އެއީ ރާއްޖޭގެ ރަށެއް ކަމަށާއި އެގޮތުން ނަން ވައްތަރީ ވެސް ފުވައްމުލަކާ ކަމަށެވެ، އޭގެ މިސާުތައް ފާހަގަ ކުރައްވައި ނަޝިދު ވިދާޅުވީ ދުރަތީގޮތުން ދެ ރަށް އުފެދިފައިވާ ގޮތުގެ އެއްގޮތް ކަމަށް ވެދާނެ ކަމަށާއި ކަނޑުދަތުރުގައި ވައިޖެހޭ މިސްރާބާއި އެއްގޮތްތައް ވެސް ވެދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް