އީމެއިލަށް 50 އަހަރު ފުރުން ފާހަގަކޮށްފި

އެންމެ އަވަހަށް ފޯރުކޮށްދޭ މެސެޖުގެ ގޮތުގައި އިލެލްޓްރޯނިކް އީމެއިލް އުފެއްދިތާ50 އަހަރު ފުރުން ފާހަގަ ކޮށްފި އެވެ. ފުރަތަމަ އީމެއިލް ސޮފްޓްވެއާއަށް ކިޔަނީ "އެސްއެންޑީއެމްއެސްޖީ" އެވެ. އެ ސޮފްޓްވެއާ އ...

30 Oct 2022 | 06:20

އެންމެ އަވަހަށް ފޯރުކޮށްދޭ މެސެޖުގެ ގޮތުގައި އިލެލްޓްރޯނިކް އީމެއިލް އުފެއްދިތާ50 އަހަރު ފުރުން ފާހަގަ ކޮށްފި އެވެ.

ފުރަތަމަ އީމެއިލް ސޮފްޓްވެއާއަށް ކިޔަނީ "އެސްއެންޑީއެމްއެސްޖީ" އެވެ. އެ ސޮފްޓްވެއާ އުފެއްދީ އެމެރިކާގެ ކޮމްޕިއުޓާ ޕްރޮގްރާމަރެއް ކަމަށްވާ ރޭ ޓޮމްލިންސަން އެވެ.

އޭނާ އެ އީމެއިލް ފޮނުވީ ރޭ އުފެއްދި އީމެއިލް އެޑްރެހުން އެ އީމެއިލްއަށް1971 ވަނަ އަހަރުގެ އޮކްޓޯބަރު 29 ވަނަ ދުވހު އެވެ. ރޭ އަކީ ލިމިޑެޓްކޮށް އޭރު ލިބެން ހުރި ނެޓްވޯކްގެ ތެރެއިން މުއާމަލާތް ކުރުމުގައި އެންމެ ގިނަ އީޖާތުތައް އުފެއްދި މީހާ އެވެ.

އޭނާ އުފެއްދި އީމެއިލް ހާއްސަވަނީ އެ އީމެއިލް ފޮނުވީ އެއް ކޮމްޕިއުޓަރުން އަނެއް ކޮމްޕިއުޓަރަށް ވުމާއި އީމެއިލަށް ހާއްސަ ސޮފްޓްފެއާއެއް ހެދުމެވެ. އެކަމަކު އޭނާގެ އީޖާދު ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ބަލައިގެންފައެއް ނުވެ އެވެ.

އެއީ އޭގެ ކުރިންވެސް އީމެއިލް ފޮނުވާކަމަށް ބުނެ އެވެ. އޭގެ ކުރިން ކޮމްޕިއުޓާ ސައިންސްޓިސްޓުން އެއް ކޮމްޕިއުޓަރުން އަނެއް ކޮމްޕިއުޓަރަށް މެސެޖު ފޮނުވާފައިވެ އެވެ.

ރޭ މަރުވީ2016 ވަނަ އަހަރު އެވެ. އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ރޭގެ އެ އީޖާދު ހަނދާންކޮށް އެގެ ފަހުން އައިސްފައިވާ ކުރިއެރުން ގައުމުތަކުގެ ސަރުކާރުންނާއި ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތް ކުރާ މީހުން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް