ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ފިޒިކަލް ޑިސްއެބިލިޓީ (އެމްއޭޕީޑީ) އިން ހިންގި ހެލްތު ކޭމްޕު ނިންމާލައިފި އެވެ.
ޖިސްމާނީ ނުކުޅުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ، އެމްއޭޕީޑީ އިން މި ހެލްތު ކޭމްޕު ހިންގާފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.
ފަރުކޮޅުގައި، ކުރިއަށް ގެންދިޔަ މި ކޭމްޕަކީ ސްޕެޝަލިސްޓުންނަށް ހިލޭ ކޮންސަލްޓެންސީ ހެއްދޭ ގޮތަށް ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހިންގުނު ކޭމްޕެކެވެ. މިފަހަރުގެ ކޭމްޕުގައި މަލިކަށް ނިސްބަތްވާ ދަތުރުގެ ހާއްސަ ޑޮކްޓަރު ޑރ. އިސްމާއިލް އާއި އިންޑިއާގެ ޕްރޯއީރީހަބް އަދި ޖޯޝް ކްލިނިކްގެ ސްޕެޝަލިސްޓުންގެ ޓީމަކާއި ދިވެހި ޑޮކްޓަރެއް ކަމަށްވާ ޑރ. ފާތިމަތު ޝިފާ ވަނީ ހަރަކާތްތެރިވެފަ އެވެ.
ރ. އަލިފުށީގައި ގާއިމުކޮށްފައިވާ ދަތުގެ ފަރުވާއަށް ހާއްސަ ކްލިނިކް، ވާރސޯ މެޑިކަލް ސެންޓަރުގައި ބަލިމީހުން ބައްލަވާ ދަތުގެ ހާއްސަ ތަޖުރިބާކާރު ޑރ. އިސްމާއިލްއަކީ މަލިކުގައި ހުންނަ ސަރުކާރު ހޮސްޕިޓަލްގެ ޑެންޓަލް ޑިޕާޓމަންޓްގެ ހެޑްގެ މަގާމު މީގެކުރިން ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. އަދި އިންޑިއާގެ މަޝްހޫރު ޑެންޓަލް ކްލިނިކްތަކުގައި ފަރުވާ ދެއްވި ތަޖުރިބާކާރު ޑޮކްޓަރެއްވެސް މެއެވެ.
މިކޭމްޕުގައި ބައިވެރިވި ޕްރޯއީރީހަބް އަދި ޖޯޝް ކްލިނިކްގެ ސްޕެޝަލިސްޓުންގެ ޓީމުގައި، ކްލިނިކަލް ސައިކޮލިޖިސްޓް ޑރ. ސްވަތިވާ ސަޕަލިގާ، ޕިޒިއޯތެރިޕިސްޓް ޑރ. ޖޯޝުއާ ސަމުއިލް ރާޖްކުމާރު އަދި އޮކިއުޕޭޝަނަލް ތެރަޕިސްޓް ޑރ. އަރުޝީ ގުޕްޓާ ހިމެނިވަޑައިގަންނަވަ އެވެ.
މި ހަރަކާތުގެ މެއިން ސްޕޮންސަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މި ހަރަކާތް ކުރިއަށް ގެންދިޔައީ ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން އާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، ޖޯޝް ކްލިނިކް، ޕްރޯއީރީހަބް، ވާރސޯ މިޑިކަލް ސެންޓަރގެ އެހީތެރިކަމާއެކުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް