ސްޕެނިޝް ލީގު: ލެވެންޑޯސްކީގެ ލަނޑުން މޮޅުވެ ބާސާ އެއްވަނައަށް

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މެޗުން ކާމިޔާބު ކޮށް ލީގުގެ އެއްވަނައަށް ބާސެލޯނާއިން ޖެހިލައިފިއެވެ. ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 1-0 ގެ ނަތީ...

30 Oct 2022 | 04:48

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މެޗުން ކާމިޔާބު ކޮށް ލީގުގެ އެއްވަނައަށް ބާސެލޯނާއިން ޖެހިލައިފިއެވެ.

ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާ ލަނޑުޖަހަން ގިނަ ފުރުސަތު ތަނަވަސް ކުރީ ބާސެލޯނާއިންނެވެ. ނަމަވެސް މީގެން އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފި މެޗުގެ ފުރަތަމަ ހާފު ނިންމާލީ ދެތީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.

ފަހު ހާފުގެ ކުޅުމުގެ އިތުރު ވަގުތާއި ހަމައަށް ވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖުހެއެވެ. މި މެޗުގައި ބާސާގެ ހަމަ އެކަނި ލަނޑު، މި މެޗުން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު ބާސާއަށް ޖަހައިދިނީ ރޮބަޓް ލެވެންޑޯސްކީއެވެ.

މި ނަތީޖާ އާއި އެކު ބާސާ އޮތީ ކުޅުނު 12 މެޗުން 31 ޕޮއިންޓާ އެކު ލީގުގެ އެއްވަނާގައެވެ. ބާސެލޯނާ ބާސާއަށް ވުރެ އެއް މެޗު މަދުން ކުޅެ ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ދެވަނާގައި އޮތީ ރެއާލް މެޑްރިޑެވެ. އެޓީމަށް ވެސް ވަނީ 31 ޕޮއިންޓް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް