ފްރެންޗް ލީގު: ޓްރޮއީސް ބަލިކޮށް އެއްވަނާގައި ފަސް ޕޮއިންޓުގެ ލީޑެއް ޕީއެސްޖީން ނަގައިފި

ފްރާންސް ލީގުގައި ރޭ ޓްރޮއީސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގުގެ އެއްވަނާގައި ފަސް ޕޮއިންޓުގެ ލިޑެއް ޕީއެސްޖީން ނަގައިފިއެވެ. ރޭ ޓްރޮއީސް އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މިު މެޗު ޕީއެ...

30 Oct 2022 | 04:23

ފްރާންސް ލީގުގައި ރޭ ޓްރޮއީސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގުގެ އެއްވަނާގައި ފަސް ޕޮއިންޓުގެ ލިޑެއް ޕީއެސްޖީން ނަގައިފިއެވެ.

ރޭ ޓްރޮއީސް އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މިު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 3-4 ގެ ނަތީޖާއިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓްރޮއީސް އިންނެވެ. މެޗުގެ ތިން ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ލޮޕޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި މަމާ ބާލްޑްއެވެ. ޕީއެސްޖީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 24 ވަނަ މިނެޓުގައެވެ. ޕީއެސްޖީއަށް ނަތީޖާ ހަމަކޮށްދިނީ ކާލޮސް ސޮލާއެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ބާލްޑް ވަނީ ދެ ވަނަ ލަނޑެއް ޖަހައި ޓްރޮއީސް އަށް ދެ ވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިދީފައެވެ. ޕީއެސްޖީން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރީ ލިއޮނެލް މެސީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޕީއެސްޖީން މެޗުގެ ލީޑު ނެގީ62 ވަނަ މިނެޓުގައި ނޭމާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޕީއެސްޖީން ލީޑު ފުޅާކުރީ މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ކާމިޔާބު ކުރި ލަނޑުންނެވެ. ޓްރޮއީސްއިން އެޓީމުގެ ތިންވަނަ ލަނޑު ޖަހާ ނަތީޖާ ފަރަގު ކުޑަކުރީ މެޗުގެ 88 ވަނަ މިނެޓުގައި ޕަލަވާސާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މެޗުން މޮޅުވެ ޕީއެސްޖީ ތާވަލްގެ އެއް ވަނައިގައި އޮތީ ކުޅުނު 13 މެޗުން 35 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލެންސް އަށް ލިބެނީ 13 މެޗުން 30 ޕޮއިންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް