އަކްޝޭ ކޮންމެ ދުވަހަކު ގެރީގެ ކުޑަކަމުދާތަކެތި ބުޔަސް، ރަލެއް ނުބޮއޭ!

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރް، ކޮންމެ ދުވަހަކު ގެރީގެ ކުޑަކަމުދާތަކެތި ބުޔަސް ބަނގުރާ ނުބޯކަން ހާމަވެއްޖެއެވެ. ބޭރުގެ މީޑިއާ ރިޕޯޓުތަކުން ބުނިގޮތުގައި ބަނގުރާ ނުބޯ ބޮލީވުޑް ތަރިންގެ ލިސްޓ...

30 Oct 2022 | 03:09

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރް، ކޮންމެ ދުވަހަކު ގެރީގެ ކުޑަކަމުދާތަކެތި ބުޔަސް ބަނގުރާ ނުބޯކަން ހާމަވެއްޖެއެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތަކުން ބުނިގޮތުގައި ބަނގުރާ ނުބޯ ބޮލީވުޑް ތަރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެކަކީ އަކްޝޭއެވެ. އެގޮތުން އޭނާއަކީ އަބަދުވެސް ސިއްޙަތަށް ވަރަށް ބަލައިގެން އުޅޭ، ގަވާއިދުން ކަސްރަތު ކުރާ މީހެއް ކަމުގައި ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އެގޮތުން އަކްޝޭ ކޮންމެ ދުވަހަކު ފަތިހު ހޭލައިގެން ހިނގަންށާއި ދުވަން ދާ ކަމަށާއި މަސައްކަތަށް ނުކުތުމުގެ ކުރިން ކަސްރަތުކޮށް، ރޭގަނޑު ނުވައެއް ޖެހުމުގެ ކުރިން ނިދާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ބައެއް ފަހަރު އަކްޝޭ ޝޫޓިންގް ތަކަށް ދަނީ ވެސް ހިނގާފައި ކަމަށާއި އެއީ ވެސް އޭނާ ހަށިގަނޑަށް ބަލައި ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި ކުރާ ކަމެއް ކަމުގައި ބުނެފައިވެއެވެ.

ނަމަވެސް ސިއްހަތަށް އެހާ ބަލައިގެން އުޅޭ މީހަކު، ގެރީގެ ކުޑަކަމުދާތަކެތި ބޯތީ ގިނަ ބަޔަކު ވަނީ އަކްޝޭއަށް ފާޑު ކިޔައިފައެވެ. ކޮންމެ ދުވަހަކު ގެރީގެ ކުދަކަމުދާތަކެތި ބޯކަމަށް އަކްޝޭ އަމިއްލައަށް ވެސް ވަނީ މީގެ ކުރިން އެއްބަސްވެފައެވެ.

2020 ވަނަ އަހަރު، އެޑްވެންޗަރަރ ބެއާ ގްރިލްސްއާ އެކު ބޭއްވި އިންސްޓަގްރާމް ލައިވް ޗެޓެއްގައި އަކްޝޭ ބުނީ އޭނާ ކޮންމެ ދުވަހަކު ގެރީގެ ކުޑަކަމުދާ ތަކެތި ބޯ ކަމަށާއި އެއީ އެތެރެހަށި ސާފުކޮށް ބެހެއްޓުމަށްޓަކައި އޭނާ ކުރާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް