ދެކުނު ކޮރެއާގައި ހޮލޯވީން ފާހަގަކުރަން އެއްވި މީހުން ފިތި ބާރުވެ 150އެއްހާ މަރު

ކޮވިޑާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ދެކުނު ކޮރެއާގައި ހޮލޯވީން ފާހަގަކުރަން ބޭއްވި ހަރަކާތުގައި ހަނި މަގެއްގެ ތެރޭގައި ފިތި ބާރުވެގެން 150އެއްހާ މީހުން މަރުވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ...

30 Oct 2022 | 00:34

ކޮވިޑާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ދެކުނު ކޮރެއާގައި ހޮލޯވީން ފާހަގަކުރަން ބޭއްވި ހަރަކާތުގައި ހަނި މަގެއްގެ ތެރޭގައި ފިތި ބާރުވެގެން 150އެއްހާ މީހުން މަރުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ، އެ ގައުމުގެ އިތައެވޮން ސަރަހައްދުގައި ހިނގި މި ހާދިސާގައި މިހާތަނަށް 149 މީހަކު މަރުވެފައިވާކަން ކަށަވަރުކުރެވިފައިވާއިރު ޒަހަމްވި މީހުންގެ އަދަދު އުޅެނީ 150 އަށްވުރެ މަތީގައެވެ.

އެ ގައުމުގެ ފަޔަރ ޑިޕާޓްމަންޓާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި ފިތިގެން މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ޒުވާނުންނެވެ.

މި ހާދިސާގައި މިހާތަނަށް މަރުވި ކަށަވަރު އަދަދަކީ 149 ނަމަވެސް އަދިވެސް އެ ސަރަހައްދުން މީހުން ހުސްކޮށް، ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު އެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމުގައިވެސް އެ ގައުމުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ، އެ ސަރަހައްދުގެ ބާރ އަކަށް އެ ގައުމުގެ މަޝްހޫރު ތަރިއަކު ޒިޔާރަތްކުރި ހަބަރާއެކު އެންމެން އެ ބާރ އާއި ދިމާއަށް ހަނި މަގަކުން ދަތުރު ފެށުމެވެ. ހަނި އެ މަގުގައި މީހުން ފިތި ބާރުވެ، މަރުވާން ފެށުމުން ސަލާމަތީ ހިދުމަތްތަކުން މިހާރުވެސް އަންނަނީ މީހުން ސަލާމަތްކުރުމުގައި މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް