ރާއްޖެ ހިމެނޭހެން، ގޯއާ މެރިޓައިމް ސިމްޕޯޒިއަމް މާދަމާ

ދިވެހި ރާއްޖެ ހިމެނޭހެން، ހަތަރުވަނަ، ގޯއާ މެރިޓައިމް ސިމްޕޯޒިއަމް އިންޑިއާގައި މާދަމާ ފަށާނެކަމުގައި އެ ގައުމުން ބުނެފިއެވެ. މި ސިމްޕޯޒިއަމަކީ އިންޑިއަން އޯޝަން ރީޖަން (އައިއޯއާރް) ގެ ސްކޭޓްހޯލްޑަރުނ...

30 Oct 2022 | 00:18

ދިވެހި ރާއްޖެ ހިމެނޭހެން، ހަތަރުވަނަ، ގޯއާ މެރިޓައިމް ސިމްޕޯޒިއަމް އިންޑިއާގައި މާދަމާ ފަށާނެކަމުގައި އެ ގައުމުން ބުނެފިއެވެ.

މި ސިމްޕޯޒިއަމަކީ އިންޑިއަން އޯޝަން ރީޖަން (އައިއޯއާރް) ގެ ސްކޭޓްހޯލްޑަރުން ހިމެނޭހެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ސިމްޕޯޒިއަމެކެވެ. މި އަހަރުގެ ސިމްޕޯޒިއަމްގައި ބަންގްލަދޭޝް، ކޮމޮރޯސް، ސްރީ ލަންކާ، ތައިލެންޑް، އިންޑޮނޭޝިޔާ، މެލޭސިޔާ، މޮރީޝަސް، މިޔަންމާ، ސީޝެލްސް، ސިންގަޕޫރު އަދި ދިވެހިރާއްޖެއިން ބައިވެރިވެއެވެ.

މި ސިމްޕޯޒިއަމްގައި ކޮންމެ ގައުމަކުންވެސް އެ ގައުމުތަކުގެ މެރިޓައިމް/ކޯސްޓްގާޑް ދާއިރާގެ ކެޕްޓަނުންނާއި ކޮމާންޑަރުން ބައިވެރިވާކަމުގައި އިންޑިއާއިން ބުނެއެވެ.

އިންޑިއާގެ ނޭވަލް ވޯރ ކޮލެޖްގައި ކުރިއަށްގެންދާ މި ސިމްޕޯޒިއަމަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ސިމްޕޯޒިއަމެއްކަމަށާއި މި ސިމްޕޯޒިއަމްގައި އައިއޯއާރްގެ މެރިޓައިމް ކަންކަމާއިމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި ކުރިއަށް އޮތް ތާނގައި މެރިޓައިމް ދާއިރާގައި އަމަލުކުރެވިދާނެ މަގުޗާޓެއް އެކުލަވާލެވިގެންދާނެކަމުގައިވެސް އިންޑިއާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް