ސައިކަލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނު ކޮށްފި

ފުލުހުން ޓޯވކޮށްފައިވާ ސައިކަލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. ފުލުހުން ބުނީ ސައިކަލް އިންޖީނު ނަންބަރު 5P42003220 ވެރިފަރާތް ހޯދަމުންދަނީ 2017 މެއި 14 ވަނަ ދުވަ...

30 Oct 2017 | 05:58

ފުލުހުން ޓޯވކޮށްފައިވާ ސައިކަލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ސައިކަލް އިންޖީނު ނަންބަރު 5P42003220 ވެރިފަރާތް ހޯދަމުންދަނީ 2017 މެއި 14 ވަނަ ދުވަހު ޓޯވކޮށްފައިވާ ސައިކަލެއްގައި ޖަހާފައިވާ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާފައިވާކަމަށް ތުހުމަތުކުރެވިގެން ސައިކަލްގެ އިންޖީނު ނަންބަރު ހޯދުމަށް ފޮރެންސިކް ތަޙްލީލު ކުރުމުން ސައިކަލުގައި ޖަހާފައިވާ އިންޖީނު ނަންބަރު 5P42003220ކަމަށްވުމުން އޭގެ ވެރިފަރާތް ހޯދުމުގެ ގޮތުން ކަމަށެވެ.

5P42003220 ނަންބަރު އިންޖީނުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، އިންޖީނުގެ ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް ފުލުހުން އެދިފައި  ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް