ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައާއި ގުޅިގެން ރޭ ފުލުހުން ބަލައި ފާސްކުރި ގެއަކުން ފިސްތޯލައެއް ފެނުމުން އެގެއިން ހައްޔަރުކުރި ދެމަފިރިންގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މިރޭ 15 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ޖަހައިދީފައި ވާކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ރޭ ފުލުހުން ބަލައި ފާސްކޮށްފައިވަނީ މއ.ގޯލްޑަން ބީމް ކިޔާ ގެ އެކެވެ. އެ ގެ ބަލައި ފާސޮކޮށް ހައްޔަރުކޮށްފައިވަނީ އަޒްލިފް ރައުފްގެ ކޮއްކޮއާއި އޭނަގެ އަންހެނުންކަން ދުވަހަށް ވަނީ އެނގިފަ އެވެ.
ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވި މައްސަލައިގާ މާލޭގެ ގިނަ ގެތަކެއް ފުލުހުން ބަލައި ފާސްކުރަމުން އަންނައިރު ނައިބު ރައީސް އަހުމަދު އަދީބު ވަނީ އެ މައްސަލައިގާ ހައްޔަރުކޮށްފަ އެވެ. އަދި އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލް ވަނީ މެލޭސިޔާގައި ހުއްޓާ ހަމަ މި މައްސަލައިގާ ހައްޔަރު ކޮށްގެން ރާއްޖެ ގެނެސް ދޫނިދޫއަށް ގެންގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް