ޙާމިދު ސޭޓު މާލެ ގެނެސް ދޫނިދޫއަށް ގެންގޮސްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށް މެލޭޝިއާ އިން ހައްޔަރުކުރި ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިރޭ ރާއްޖެ އަށް ގެނެސް ދޫނިދޫއަށް ގެންގޮސްފިއެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަ...

30 Oct 2015 | 16:32

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށް މެލޭޝިއާ އިން ހައްޔަރުކުރި ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިރޭ ރާއްޖެ އަށް ގެނެސް ދޫނިދޫއަށް ގެންގޮސްފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައީސްގެ ލޯންޗުގައި އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ހާމިދު މެލޭޝިއާ އިން ހައްޔަރު ކޮއްފައިވަނީ މިދިޔަ ބުދަ ދުވަހު، އެ ގައުމުގެ ސްޕެޝަލް ބްރާންޗް ކައުންޓަރ ޓެރަރިޒަމް ޑިވިޝަނުން ދިވެހި ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ކުއާލަ ލަމްޕޫރުގެ ކޮންޑޮމީނިއަމްއަކުން ހައްޔަރު ކޮއްފައިވާ ހާމިދު ސީދާ އެއަރޕޯރޓުން ދޫނިދޫއަށް ގެންދިޔަ މަންޒަރު ބެލުމަށް އެއަރޕޯޓަށް މީހުން ގޮސްތިބި ނަމަވެސް އެއިން އެއްވެސް މީހަކަށް އެމަންޒަރު ފެނިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް