ދިވެހި ފުލުހުންނާއި މެލޭޝިޔާ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހާމިދު އިސްމާއީލް (ހާމިދު) ސޭޓާއެކު ހައްޔަރުކުރި ހަތަރު ދިވެހިން މިހާރު ދޫކޮށްލާފައި ވާކަމަށާއި އެމީހުން ޑީޕޯޓްވެސް ކޮށްފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ކޮށްފައިވާ ޓްވީޓެއްގައެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނެފައިވީނަމަވެސް މެލޭޝިޔާގެ ނޫހެއް ކަމުގައިވާ "ދަ ސްޓާ" ގައި މިއަދު ބުނެފައިވަނީ ފަސް ދިވެއްސަކު މިއަދު ޑީޕޯޓްކޮށްލާފައި ވާކަމަށެވެ. އޭގެ ތެރޭގައި ވިޔަފާރި އެމްބެސެޑަރަކާއި ދެ އަންހެނަކުވެސް ހިމެނޭ ކަމަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހާމިދު ސޭޓޫގެ އިތުރުން މެލޭޝިޔާއިން ހައްޔަރުކޮށްފައިވަނީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މޮންދު) އާއި ދިވެހި އަންހެން ނޫސްވެރިއަކާއި ހާމިދުގެ އެސިސްޓެންޓްގެ އިތުރުން އަންހެން، ސޭލްސް އެގްޒެކްޓިވް އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް