ހާމިދާއެކު އިތުރު ހަތަރު ދިވެއްސަކު މެލޭޝިޔާއާއިން ޑީޕޯޓް ކޮށްލައިފި

މެލޭޝިޔާ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހާމިދު އިސްމާއީލް (ހާމިދު ސޭޓު) ގެ އިތުރުން އިތުރު ހަތަރު ދިވެއްސަކު މެލޭޝިޔާއިން ޑީޕޯޓް ކޮށްލައިފި އެވެ....

30 Oct 2015 | 11:36

މެލޭޝިޔާ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހާމިދު އިސްމާއީލް (ހާމިދު ސޭޓު) ގެ އިތުރުން އިތުރު ހަތަރު ދިވެއްސަކު މެލޭޝިޔާއިން ޑީޕޯޓް ކޮށްލައިފި އެވެ.

މެލޭޝިޔާގެ ނޫހެއް ކަމުގައިވާ "ދަ ސްޓާ" ގައި ބުނެފައިވަނީ މި ފަސްމީހުން ޑީޕޯޓް ކޮށްލާފައިވަނީ މިއަދު ކަމަށެވެ. އަދި އޭގެ ތެރޭގައި ދެ އަންހެނަކު ހިމެނޭ ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މެލޭޝިޔާއިން ހާމިދާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މޮންދު) އާއި ހާމިދުގެ އެސިސްޓެންޓެއްގެ އިތުރުން ދިވެހި އަންހެން ނޫސްވެރިޔަކާއި އަންހެން ސޭލްސް އެގްޒެކްޓިވް އަކު ހިމެނެ އެވެ.

މެލޭޝިޔާއިން މި މީހުން ޑީޕޯޓް ކޮށްލާފައިވާއިރު މިމީހުން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ ހަވީރު 7:55ގައި ލޭންޑްކުރާ ޔޫއެލް 103 ފްލައިޓްގައި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް