ލައިލާ ޢަލީގެ މާމަ ނިޔާވެއްޖެ

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީގެ މާމަ ނިޔާވެއްޖެއެވެ. އައިޝަތު އާދަމް ނިޔާވީ އުމުރުފުޅުން 95 އަހަރުގައި މުސްކުޅި ބަލީގައި ނިޔާވީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރު...

30 Oct 2015 | 07:50

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީގެ މާމަ ނިޔާވެއްޖެއެވެ.

އައިޝަތު އާދަމް ނިޔާވީ އުމުރުފުޅުން 95 އަހަރުގައި މުސްކުޅި ބަލީގައި ނިޔާވީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް ރޭ ގާތްގަޑަކަށް 8 ޖަހާ އެހާކަންހާއިރުއެވެ.

އައިޝަތު އާދަމް އަކީ މެޑަމް ލައިލާގެ ބައްޕަ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަލްމަރުހޫމް އަލީ އަބްދުﷲ (އެލިއާ އަބްދުﷲ)ގެ މަންމައެވެ.

އައިޝަތު އާދަމްގެ މައްޗަށް ކަށުނަމާދު ކުރުން މިރޭ ފަތިސް ނަމާދަށް ފަހު ތޮއިބާ މިސްކިތުގައި ކަމަށާއިި ވަޅުލުމަށް ހަމަޖެހިފައިވަނީ އާ ސަހަރާގައި ކަމަށް ޢާއިލާގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

މަރްހޫމާ ޢައިޝަތު އާދަމްއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް