މާލޭގެ ގެއަކުން ހަތިޔާރު ފެނިއްޖެ

މާލޭގެ ގެއަކުން އަނެއްކާވެސް ހަތިޔާރު ފެނިއްޖެއެވެ. ސަލާމަތީ ފަރާތްތަކުން ފިސްތޯލައެއް ހޯދާފައިވަނީ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހަދަމުންދާ ޢިމާރާތެއް ކަމުގައިވާ މއ. ގޯލްޑަން ބީން ގެއިންނެވެ.  އެ...

30 Oct 2015 | 07:01

މާލޭގެ ގެއަކުން އަނެއްކާވެސް ހަތިޔާރު ފެނިއްޖެއެވެ.

ސަލާމަތީ ފަރާތްތަކުން ފިސްތޯލައެއް ހޯދާފައިވަނީ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހަދަމުންދާ ޢިމާރާތެއް ކަމުގައިވާ މއ. ގޯލްޑަން ބީން ގެއިންނެވެ.  އެކަމަކު ފުލުހުންނާއި ސިފައިން ފިސްތޯލައިގެ މައްސަލާގައި ވެސް އަދި ރޭ ހިންގި އޮޕަރޭޝަނާއި ގުޅޭ ގޮތުންވެސް އަދިވަކިއެއްޗެއް ނުބުނެއެވެ.

ރޭ ހިންގި މިއޮޕަރޭޝަނުގައި 2 މީހަކު ހައްޔަރު ކޮއްފައިވާ އިރު، އެމީހުން ހައްޔަރު ކޮއްފައިވަނީ ކޮންގެއަކުންކަމެއްވެސް ހާމައެއްނުކުރެއެވެ.

މިއޮޕަރޭޝަންގައި ތަންތަން ބަލާ ފާސްކޮއްފައިވަނީ ފުލުހުންގެ ސްވޮޓް ޓީމާއި އެމްއެންޑީއެފްގެ ސްޕެޝަލް ފޯސްގެ ޓީމުންނެވެ.

ގުލާބީމަގުގައި ފުލުހުންނާއި ސިފައިން ފަސް ގަޑިއިރު ވަންދެން މި އޮޕަރޭޝަން ކުރިއަށް ގެންދިޔައިރު، މުޅި އެ ސަރަހައްދު އޮތީ އާންމުންނަށްވެސް އަދި ނޫސްވެރިންނަށްވެސް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ.

ކޯޓް އަމުރެއްގެ ދަށުން ފުލުހުންނާ ސިފައިން ރޭ ވަދެފައިވަނީ ގުލާބީމަގުގައި ހުންނަ މއ. ރައުފަތު ގެއަށާއި މއ. ގޯލްޑަން ބީން އަދި މއ. ފަލްސާ އަށެވެ. މީގެ އިތުރުން ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލުމުގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި ސިފައިންގެ މީހެއް ކަމުގައިވާ އަޒްލިފް ރައޫފް ދިރިއުޅޭ ހ. ހިލްޓަން އަށާއި ހެންވޭރުގެ އިތުރު ދެ ގެއަކަށްވެސް ސަލާމަތީ ފަރާތްތަކުން ރޭ ވަދެ ބަލައި ފާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް