އުސްފަސްގަނޑާ ދިމާއިން ކަނޑުމަތީގައި މަރުވެފައި އޮތް ދިވެއްސަކު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ދިމާ ކަނޑުމަތީގައި މީހަކު މަރުވެފައި އޮތް ކަމަށް ހަވީރު 05:06 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރިއެވެ.
"އެއީ ދިވެހި ފިރިހެނެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ، އެމީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް