ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ކެބިނެޓަށް މިއަދު ބަދަލުތަކެއް ގެންނަވައިފިއެވެ.
އެގޮތުން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޚަލީލް ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަނުކުރައްވައި، ހެލްތު މިނިސްޓަރުގެ މަގާމަށް އަބްދުﷲ ނާޒިމް އައްޔަންކުރައްވައި، ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ.
މި ބަދަލު ގެންނެވިއިރު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަފީގް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް