މިދިޔަ ތިން މަސްދުވަހު ފަތުރުވެރިން އައި މިންވަރު ދަށްވެއްޖެ

މިދިޔަ ތިން މަސް ދުވަހު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު ދަށްވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ދުވ...

30 Sep 2024 | 07:39

މިދިޔަ ތިން މަސް ދުވަހު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު ދަށްވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

އެ ރިޕޯޓުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ދުވަސްކޮޅު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު އިތުރުވެފައިވީ ނަމަވެސް ވޭތުވެދިޔަ ތިން މަސް ދުވަސްތެރޭގައި ފަތުރުވެރިން އައި ނިސްބަތް ވަނީ ދަށްވެފައެވެ. އަދި ދަށް ވެފައިވަނީ ފަސް އިންސައްތަ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ. ފަތުރުވެރިން ޒިޔާރަތް ކުރި މިންވަރު ދަށްށް ގޮސްފައިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބައިނަލްއަގުވާމީ އިގްތިސާދީ ހީނަރުކަމާއި، ވާދަވެރި ފަތުރުވެރިކަމުގެ މަންޒިލުތަކުގެ އަގުތަށް ދަށްވުމެވެ.

އެހެން ނަމވެސް ކުރިއަށް އޮތް ފަތުރުވެރިންގެ މޫސުމަަށް އުންމީދުކުރާށ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

މިފެށޭ އޮކްޓޫބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ގާތްގަނޑަކަށް600،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެ ރިޕޯޓުގައި ވެއެވެ.

މީގެިއތުރުން މާކެޓިންގެ އިތުރު ކެމްޕެއިންތަކެއް ފެށުމަށް ތައްޔާރީތަކެއް ވަމުން ދާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް