އެއް ލައްކަ ރެފިއުޖީން ފިލާފައިވާ ކަމަށް އަރުމީނިއާ އިން ބުނެފި

ކަރަބާޚް ސަރަޙައްދުން ލައްކައަކަށްވުރެ ގިނަ މީހުން ހިޖުރަކޮށްފައި ނުވަތަ ފިލާފައި ވާކަމަށް އަރްމީނިއާއިން ބުނެފިއެވެ. އޭގެ މާނައަކީ މިދިޔަ ހަފުތާގައި އަޒަރުބައިޖާނުން އެ ސަރަހައްދު ހިފުމަށްފަހު އަރްމީ...

30 Sep 2023 | 18:26

ކަރަބާޚް ސަރަޙައްދުން ލައްކައަކަށްވުރެ ގިނަ މީހުން ހިޖުރަކޮށްފައި ނުވަތަ ފިލާފައި ވާކަމަށް އަރްމީނިއާއިން ބުނެފިއެވެ.

އޭގެ މާނައަކީ މިދިޔަ ހަފުތާގައި އަޒަރުބައިޖާނުން އެ ސަރަހައްދު ހިފުމަށްފަހު އަރްމީނިއާ ނަސްލުގެ އެންކްލޭވްގެ ގާތްގަނޑަކަށް މުޅި އާބާދީ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.

އަޒަރުބައިޖާނުން ބުނީ އެ ސަރަހައްދު އަލުން ގުޅި، އެ ސަރަހައްދުގެ ރައްޔިތުންނާ މެދު ހަމަހަމަކޮށް އަމަލު ކުރަން ބޭނުންވާ ކަމަށާއި، ނަމަވެސް އަރްމޭނިއާގެ ތަރުޖަމާނު ވިދާޅުވީ މިއީ ދޮގެއް ކަމަށެވެ.

އަޒަރުބައިޖާންގެ ބައެއްގެ ގޮތުގައި ބަލައިގެންފައިވާ ނަގޯނޯ-ކަރަބަޚް އަކީ އަރްމޭނިއާ ނަސްލުގެ މީހުން ހިންގަމުން އަންނަތާ ތިން އަހަރު ވެފައިވާ ގައުމެކެވެ.

ދެކުނު ކޮކޭސަސްގެ ފަރުބަދަމަތީ ސަރަޙައްދަކީ އަރްމީނިއާގެ އިތުރުން އެސަރަޙައްދުގައި ބައިވެރިވާ ރަޝިޔާއިންވެސް ތާއީދުކުރާ ސަރަޙައްދެކެވެ.

އަޒަރުބައިޖާންގެ އަސްކަރިއްޔާއިން ހިންގި ހަމަނުޖެހުންތަކުގައި އަރްމޭނިއާ ނަސްލުގެ 200 މީހުންނާއި އަޒަރުބައިޖާންގެ އެތައް ސިފައިންނެއް ވަނީ މަރުވެފައެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަތިޔާރު ބަހައްޓަން، ވަކިވެގަތް މީހުން ވަނީ އެއްބަސްވެފަ އެވެ.

އަމިއްލައަށް އިއުލާނުކޮށްފައިވާ ރިޕަބްލިކް އޮފް ނަގޯނޯ ކަރަބާޚްގެ ލީޑަރު ވިދާޅުވީ އާ އަހަރުގެ ތެރޭގައި އެ ވެރިކަން ނެތިގެން ދާނެ ކަމަށެވެ.

އަރްމޭނިއާގެ ބޮޑުވަޒީރުގެ ތަރުޖަމާނު ނަޒީލީ ބަގްދާސާރިޔާން ވިދާޅުވީ ނަގޯނޯ-ކަރަބާޚްގެ އާބާދީގެ 120،000 މީހުންގެ ތެރެއިން ފާއިތުވި ހަފުތާގެ ތެރޭގައި އެގައުމަށް އެތެރެވާ ރެފިއުޖީންގެ އަދަދު ލައްކައަކަށް އަރާފައިވާ ކަމަށެވެ.

އދ.ގެ ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރް) އިން ވެސް ބުނީ އެއް ލައްކަ މީހުން ފިލާފައިވާ ކަމަށާއި ފިލައިގެން ދިޔަ މީހުންގެ ތެރެއިން ގިނަ މީހުން ތިބީ "ބަނޑުހައިވެ، ވަރުބަލިވެ، ވަގުތުން އެހީތެރިކަން ބޭނުންވެފަ" ކަމަށެވެ.

އަރްމީނިއާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އާޓަކް ބެގްލާރްޔަން ވިދާޅުވީ ނަގޯނޯ ކަރަބާޚްގެ ރައްޔިތުންގެ "އެންމެ ފަހު ޖަމާއަތްތައް" ހޮނިހިރު ދުވަހު އަރްމީނިއާއަށް ދަތުރުކުރަމުން ދިޔަ ކަމަށެވެ.

"އެންމެ ގިނަވެގެން ސަތޭކަ މީހުން އެބަތިބި، އޭގެ ތެރޭގައި ގިނައީ އޮފިޝަލުންނާއި، އިމަޖެންސީ ސާވިސްގެ މުވައްޒަފުންނާއި، ވޮލަންޓިއަރުންނާއި، ހާއްސަ އެހީއަށް ބޭނުންވާ ބައެއް މީހުން،" ސޯޝަލް މީޑިއާގައި އޭނާ ލިޔުއްވާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް