ބަނގުލާދޭޝްގެ މަޓާބަރީ އިންޖީނުގެ މަޝްރޫއަށް 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ޖަޕާނުންދެނީ

ބަނގުލާދޭޝްގެ މަޓާބާރީގެ ކޮކްސް ބާޒާރުގައި ހިންގާ މަޓާބަރީ އަލްޓްރާ ސުޕަ ކްރިޓިކަލް ކޯލް އިން އުފައްދާ ޕަވާ ޕްރޮޖެކްޓަށް 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ޖަޕާނުން މިއަދު ބަންގްލަދޭޝް ސަރުކާރާއެކު...

30 Sep 2023 | 18:18

ބަނގުލާދޭޝްގެ މަޓާބާރީގެ ކޮކްސް ބާޒާރުގައި ހިންގާ މަޓާބަރީ އަލްޓްރާ ސުޕަ ކްރިޓިކަލް ކޯލް އިން އުފައްދާ ޕަވާ ޕްރޮޖެކްޓަށް 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ޖަޕާނުން މިއަދު ބަންގްލަދޭޝް ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޝެރް-އޭ-ބަންގްލާ ނަގަރް ސަރަހައްދުގައި ހުންނަ އީއާރްޑީ އޮފީހުގައި ބޭއްވި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް ރިލޭޝަންސް ޑިވިޝަން (އީއާރްޑީ) ގެ ސެކްރެޓަރީ ޝަރީފާ ޚާން އާއި ޖައިކާ ބަންގްލަދޭޝް އޮފީހުގެ ޗީފް ރެޕްރެޒެންޓޭޓިވް އިޗިގުޗީ ޓޮމޯހިޑޭ އެވެ. ޖަޕާނުގެ ސަފީރު އިވާމާ ކިމިނޯރީ ވެސް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ޖަޕާނުގެ އޯޑީއޭ ލޯނުގެ ދަށުން ޖަޕާނުން މި މަޝްރޫއަށް 217،556 މިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރު) ދޭނެ އެވެ.

މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ ކޮންސްޓްރަކްޝަނަށް 1.60 ޕަސެންޓް، ކޮންސަލްޓެންސީ ހިދުމަތްތަކަށް 0.10 ޕަސެންޓް، ފްރޮންޓް އެންޑް ފީ 0.2 ޕަސެންޓް އެވެ.

އަދި މީގެ އިތުރުބް އެ ބޭންކުން ބުނެފައި ވަނީ މި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަކީ 30 އަހަރު ކަމަށާއި އޭގެ ތެރޭގައި 10 އަހަރުގެ ގްރޭސް ޕީރިއަޑް ހިމެނޭ ކަމަށެވެ.

މި ޕްރޮޖެކްޓަކީ ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާ މިންވަރަށް ހަމަޖެއްސުމަށާއި މަތަރްބަރީގައި 1200 މެގަވޮޓް (600 މެގަވޮޓް) ގެ އަލްޓްރާ ސުޕަ ކްރިޓިކަލް ކޯލް އިން އުފައްދާ އިންޖީނުގެ ބަހައްޓައިގެން ސްޓޭބަލް ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް