ރައީސް ސޯލިހް އިންތިހާބީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެވެ. ރައީސް ސޯލިހް ޑރ. މުއިއްޒަށް މަރުހަބާ ދެންނެވީ މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރ...

30 Sep 2023 | 18:03

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ސޯލިހް ޑރ. މުއިއްޒަށް މަރުހަބާ ދެންނެވީ މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސް ސޯލިހް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވާ، ވިދާޅުވެފައިވަނީ އިންތިހާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރޯތި ނަމޫނާއަށްޓަކާ ޝުކުރު ދަންނަވާކަމަށެވެ.

"އެކުގަ މަސައްކަތްކުރި އެމްޑީޕީ އާއި އޭޕީގެ މެންބަރުން އަދި ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން" ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާލާއިރު، ގާތްގަނޑަކަށް ހުރިހާ ފޮއްޓެއްހެން ގުނާ ނިމިފައިވާއިރު ޑރ. މުހައްމަދު މުއިއްޒަށް 127،927 ވޯޓު ލިބިފައިވާއިރު ރައީސް ސޯލިހަށް ލިބިފައިވަނީ 109،261 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް