ކޮސޯވޯގައި މިދިޔަ ހަފުތާ ބަންދުގައި ހިނގި ހަމަނުޖެހުންތަކުގައި ހަތަރު މީހުން މަރުވުމާ ގުޅިގެން ނޭޓޯއިން ވަނީ އެ ޤައުމުގައި ހަރަކާތްތެރިވާ ނޭޓޯގެ ސިފައިންގެ ފައުޖުތައް ވަރުގަދަކުރަމުން އަންނަކަން ހާމަކޮށްފައެވެ.
ކޮސޯވޯގެ ބޮޑުވަޒީރު ނޭޓޯގެ ހުކުރު ދުވަހުގެ ނިންމުމަށް މަރުހަބާ ވިދާޅުވަމުން ވިދާޅުވީ އާދީއްތަ ދުވަހު ދިން ހަމަލާއަކީ އެކުވެރި ރަޝިއާގެ އެހީގައި ސާބިއާގެ ކުރީގެ ދެކުނު ޕްރޮވިންސް ހަލަބޮލިކުރަން ބޭނުންވާ ކަމުގެ އާ ނިޝާނެއް ކަމަށެވެ.
"މި މީހުން ބޭނުންވަނީ ވަގުތު އަނބުރާލަން،" ބޮޑުވަޒީރު އަލްބިން ކުރްތީ އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވި އެވެ.
އެމީހުން ތިބީ ޓައިމް މެޝިނެއް ހޯދުމުގެ މަސައްކަތުގަ. އެމީހުން ބޭނުންވަނީ ގަޑި 30 އަހަރަށް އަނބުރާލާން. އެކަމަކު އެކަމެއް ނުވާނެ."
ހަފުތާ ބަންދުގައި ހިނގި ހަމަނުޖެހުންތަކުގައި ކޮސޯވޯގެ ފުލުހަކާއި ސާބްގެ ތިން ހަނގުރާމަވެރިން މަރުވެ، ނުތަނަވަސްކަން ވަނީ އުފެދިފައެވެ. އަދި މިދިޔަ ހުކުރު ދުވަހު ކޮސޯވޯގެ ފުލުހުން ވަނީ އެ ގައުމުގެ އުތުރުގައި އޮންނަ ސާބިއާގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކޮސޯވޯގެ އުތުރުގެ ބަންޖްސްކާ އަވަށުގައި އާދީއްތަ ދުވަހު ހިނގި މާރާމާރީއާ ގުޅުން ހުރި ތިން މުނިސިޕަލްޓީގެ ފަސް ތަނެއް ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.
މިއީ 2008 ވަނަ އަހަރު ކޮސޯވޯ ސާބިއާއާ ވަކިވި ފަހުން ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ. ބެލްގްރޭޑް ވަނީ އެއީ މިނިވަން ކަމެއްގެ ގޮތުގައި ބަލައިގަންނަން ދެކޮޅު ހަދާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް