ނިއުޔޯކްގައި ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

އެމެރިކާގެ ނިއުޔޯކް ސިޓީގައި ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ. ނިއުޔޯކް މެޓްރޮޕޮލިޓަން ސަރަޙައްދުގައިވެސް ވާރޭވެހުމުގެ ސަބަބުން އެތަ...

30 Sep 2023 | 17:21

އެމެރިކާގެ ނިއުޔޯކް ސިޓީގައި ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

ނިއުޔޯކް މެޓްރޮޕޮލިޓަން ސަރަޙައްދުގައިވެސް ވާރޭވެހުމުގެ ސަބަބުން އެތައް ސަބްވޭއަކާއި ކޮމިއުޓަރ ރޭލް ލައިންތަކެއް ވެއްޓި، ހައިވޭތަކުގައި ޑްރައިވަރުން ތާށިވެ، ބޭސްމަންޓްތަކުގައި ފެންބޮޑުވެ، ލާގާޑިއާ އެއާޕޯޓުގެ ޓާމިނަލެއްވެސް ވަނީ ބަންދުކޮށްފަ އެވެ.

ހުކުރު ދުވަހުގެ މެންދުރުގެ ވަގުތާ ހަމައަށް ބްރޫކްލިންގެ ބައެއް ސަރަހައްދުތަކަށް ގާތްގަނޑަކަށް 18 ސެންޓިމީޓަރުގެ ވާރޭ ވެހިފައިވާ އިރު، އެއް ގަޑިއިރުގެ ތެރޭގައި މަދުވެގެން އެއް ތަނަކަށް 6 ސެންޓިމީޓަރު ވާރޭ ވެހިފައިވާ ކަމަށް މޫސުމާއި ސިޓީގެ އޮފިޝަލުން ބުނެ އެވެ.

ހުކުރު ދުވަހުގެ ތޫފާނުގައި މިހާތަނަށް އެއްވެސް މީހަކު މަރުވެފައި ނުވި ނަމަވެސް އަދި ސީރިއަސް ޒަހަމްތަކެއް ލިބިފައި ނުވި ނަމަވެސް އެކަމުގެ ސަބަބުން ބިރުވެރި ހަނދާންތައް އާވެގެން ދިޔައެވެ.

މިފަހަރަކަށް އައިސް އަންނަ މޫސުމީ ބަދަލުތަކާއެކު ޕްލެނެޓް ހޫނުވަމުން އަންނައިރު، ހޫނު ގަދަ ޖައްވުގައި ތޫފާންތައް އުފެދި ވަރަށް ގިނައިން ވާރޭ ވެހޭ ކަމަށް އެޓްމޮސްފެރިކް ސައިންސްވެރިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް